ވަޅި ހަރައި ޒަހަމްކޮށްލި މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް

ޒަހަމުވި ބިދޭސީ މީހާއަށް ފަރުވާދިނުމަށް ރޭ އޭދަފުށްޓަށް ގެނެސް އެމްބިއުލާންސް އަށް އަރުވަނީ– އީޓީ ފޮޓޯ/ޔާނިއު

ބ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އުނޑޫދޫގައި ދެ ބިދޭސީއެއް ދެމެދު ހިނގި މާރަމާރީއެއްގައި ޒަހަމްވެގެން އޭދަފުށިން ފަރުވާ ދެމުން އައި މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނހި އެ މަރާމަރީގައި އަނިޔާވެފައި ވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އެ މާރާމާރީގައި އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ވަޅި ހަރައިފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓާ އަހުމަދު ވަހީދު ވިދާޅުވީ ބިދޭސީ މީހާގެ ހާލު އަދިވެސް ވަރަށް ސީރިޔަސް ކަމަށާއި އެ މީހާ މާލެ ފުރުވާލަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި ބިދޭސީ މީހާގެ ބަނޑަށް ވަޅި ހަރާފައި ހުރުމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވަނީ ފަސް ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ބަނޑަށް ވަލީ ހެރުމުގެ އިތުރުން އެމީހާގެ ބޮލުގެ ވެސް އެކި ތަންތަނަށް ޒަހަމްތަކެއް ލިބި، އަދި އަތުގެ ދެ ތަނެއްގައި ރެނދުލާފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ މީހާ މަސައްކަތް ކުރާ ކުންފުނީގެ ފަރާތުން މިހާރު މާލެ ފޮނުވާލުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން 43 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.