
ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 56 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ދަރަވަންދޫ ބަނދަރު ހިމާޔަތްކުރުމުގެ 56 ޕަސެންޓް މަސައްކަތް ނިންމައި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 22 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ 7 ބްރޭކްވޯޓާ ހަދައި، 96 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ.
އަދި އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރާނެ އެވެ.
