އޭދަފުށީ ކޯޓުން މިއަދު ގިނަ އަދަދެއްގެ މައްސަލަތަކެއް ބަލައި ހުކުމްކޮށްފި

އޭދަފުށީ މެޖިސްތްރޭޓް ކޯޓް
އޭދަފުށީ މެޖިސްތްރޭޓް ކޯޓް

ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު 26 މައްސަލަ ބަލައި ހުކުމް ކޮށްފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

އެ ކޯޓުން މައިގަނޑު ގޮތެއްގައި މިއަދު ނިންމީ މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކެވެ. އޭގެ ތެރޭގައި ޖިނާއި އަދި މަދަނީ މައްސަލަތައް ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.

މި މައްސަލަތަކުގެ ހުކުމް އިއްވަފައިވަނީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމާ މިހާރު ހަވާލުވެހުންނެވި އއ އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަހްމަދު މުއާވިޔަތު ގާސިމް އެވެ.

އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބުނީ މިއަދަކީ އެ ކޯޓުގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ މައްސަލަ ނިންމި ދުވަސް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. engineer

    މި ވީ ހުރިހާ ދުވަހަކު މައްސަލަތައް ނުބަލާ ހަމަ ހުރީތަ؟ މުސާރަ ހައްގުވާނެތަ ކަމެއް ނުކޮށް ކޮފީބޯން ދާ މީހަކަށް؟

    ރައްދު
  2. naseem

    ކީއްތަ ކުރަނީ ގާޒީ އަހަންމަދު. އަބަދު ކޮފީގަ ޕާރޓީ މީހުން ނާ އެކީ ދޯ އުޅެނީ. މިހާރު ހާދަކުރިއަކަށް ޖައްސާލީ އޭދަފުށީގެ މިހާރުގެ ގާޒީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.