ބާ ސެންޓްރަލް ޗެލެންޖުގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑަށް

ބާ ސެންޓްރަލް ޗެލެންޖް ޗެމްޕިއަންކަން ހޯދުމަށް ފަހު އެމްވީ ޔުނައިޓެޑްގެ ކުޅުންތެރިންނާއި އޮފިޝަލުން އުފާފާޅުކުރަނީ.– ފޮޓޯ: ބ. ސެންޓްރަލް ޗެލެންޖް

މިލައިދޫ ރިސޯޓްގެ މައްޗަށް 3-1 އިން ކުރި ހޯދައި ބާ ސެންޓްރަލް ޗެލެންޖްގެ ޗެމްޕިއަންކަން އޭދަފުށީ އެމްވީ ޔުނައިޓެޑުން ހޯދައިފި އެވެ.

ރޭގެ ފައިނަލުގައި އެމްވީ ޔުނައިޓެޑްގެ ސާމީ އިބްރާހީމް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުއާޒު އަލީ އެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލާ ސްޕޯޓްސް ކްލަބްގެ އަހްމަދު އަޝްރަފް ޔޫސުފު އެވެ. އެންމެ މޮޅު ކޯޗަކީ އެމްވީ ޔުނައިޓެޑްގެ ކޯޗު އަހްމަދު ވިޝާހް އެވެ.

އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްވީ ޔުނައިޓެޑްގެ އިމްތިޝާލް އަބްދުއްރަހީމެވެ. އެންމެމޮޅު ގޯލް ކީޕަރުގެ މަގާމު ހޯދީ މިލައިދޫ ޓީމުގެ އާދަމް ނަސީރެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެމްވީ ޔުނައިޓެޑްގެ މުއާޒު އަލީ އާއި ސާމީ އިބްރާހީމާއި ވެލާ ސްޕޯޓްސްގެ އިޝާން އިބްރާހީމާއި މިލައިދޫގެ ހަސަން އަބްދުއްސަމަދު އަދި އެފްސީ ގޯލްޑަން ސްޓާގެ ހަސަން ސަމޫހު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކިހަވައް ސްޓްރައިކާސް އެވެ.

މުޅި ބ. އަތޮޅަށް ހުޅުވާލައިގެން ދަރަވަންދޫގައި ބޭއްވި ފޯރިގަދަ މި މުބާރާތުގައި 12 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އަދި ދެ ވަނަ ޓީމަށް 10،000 ރުފިޔާ ވަނީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.