ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު މުޅި ދުނިޔެއިން އެއްވަނަ

އައިޝަތު ޝަހްދާ. ބިޒްނަސް ސްޓްޑީޒް މާއްދާއިން އޭނާ ވަނީ މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި
އައިޝަތު ޝަހްދާ. ބިޒްނަސް ސްޓްޑީޒް މާއްދާއިން އޭނާ ވަނީ މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި

ދުނިޔޭގެ އެތައް ލައްކަ ދަރިވަރުންނާ ވާދަކޮށް އޭލެވެލް އިމްތިހާނުގެ ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން  އެއްވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ފުރަތަމަ ފަހަރަށް ހިމެނިއްޖެ އެވެ.

މިއަހަރު މެއި/ޖޫންމަހު ބޭއްވި އޭ އޯލެވެލް އިމްތިހާނުން ބިޒްނަސް ސްޓަޑީޒް މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކީ އޭދަފުށީ، ފެންއާރު، އައިޝަތު ޝަހުދާ އެވެ.

މީގެ އިތުރުން ޝަހުދާ ވަނީ އޭލެވެލްގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދިވެހި ފިޔަވައި ހުރިހާ މާއްދާއަކުން އޭ ފާސްވެސް ހޯދައިފަ އެވެ. ދިވެހިން ލިބުނީ ބީ އެކެވެ. އެހެންކަމުން އޭލެވެލް ގަދަ 10 ގެ ދެ ވަނައިގައިވެސް ޝަހުދާ ހިމެނިގެންދާނެ އެވެ.

ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން އެއްވަނަ ލިބޭނެ ކަމަކަށް ޝަހުދާ އުއްމީދެއް ނުކުރެ އެވެ. ޝަހުދާ ބުނިގޮތުގައި ރަނގަޅު ނަތީޖާއެއް ހޯދަން ދުރާލާ ފިލާވަޅުތައް މުޠާލިޔާކޮށް އިމްތިހާނަށް ތައްޔާރުވުން މުހިއްމެވެ. ޝަހުދާ މި ކާމިޔާބީ ހޯދަކަށް އެއްވެސް މާއްދާއަކުން ޓިއުޝަނެއް ނުނަގައެވެ. ނަމަވެސް އޭނާގެ އެކުވެރި ކުދިންނަށް ފިލާވަޅުތައް ކިޔައިދީ އެހީތެރިވެދިނެވެ.

މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ޝަހްދާއަށް އިނާމުދެނީ-- ފައިލް ފޮޓޯ
މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ޝަހްދާއަށް އިނާމުދެނީ– ފައިލް ފޮޓޯ

މުޅި ދުނިޔެއިން އެއްވަނަ ލިބުމުން ޝަހުދާ ވަނީ އާއިލާ އާއި ބ. އަތޮޅު ތައުލީމީ މަރުކަޒަށާއި މުޅި ރަށަށް އުފާވެރިކަން ގެނެސްދީފަ އެވެ.


“ބިޒްނިސް އިން މުޅި ދުނިޔެއިން އެއްވަނަ ލިބޭނެ ކަމަކަށް އުއްމީދެއްނުކުރަން. ނަމަވެސް މުޅި ރާއްޖޭއިން އެއްވަނަ ލިބޭނެ ކަމުގެ އުއްމީދު އޮތް. އާއިލާ އާއި ސްކޫލު ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ހޯދަން ވަރަށް މަސައްކަތް ކުރިން.ވަރަށް ހިތްހަމަޖެހިއްޖެ މުޅި ގައުމު ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުނީތީ. ހެއްދެވި ފަރާތަށާއި އާއިލާއަށް، ޓީޗަރުންނަށާއި ސްކޫލަށް ޝުކުރު ހައްގު،” ޝަހުދާ ބުންޏެވެ.

ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އެހާ މޮޅު ދަރިވަރުން އެ ސްކޫލުގައި އަބަދުވެސް ތައުލީމު ހާސިލުކުރަމުންދާ ކަމަށާއި، އެ ސްކޫލުގެ ދަރިވަރަކު ދުނިޔެއިން އެއްވަނަ ހޯދުމަކީ އަބަދުވެސް ކުރާ އުއްމީދެކެވެ.

މިއަހަރު ބޭއްވި އޭލެވެލް އިމްތިހާނުގެ ޓޮޕް ޓެން އެޗީވާސް އިއުލާން ކުރާނީ އަންނަ އަހަރު ކުރީކޮޅު ބާއްވާ ޓޮޕްޓެން އެޗީވާސް ޖަލްސާގަ އެވެ. ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދާ ދަރިވަރުންގެ ނަންތައްވެސް ރަސްމީކޮށް އިއުލާން ކުރާނީ އެ ޖަލްސާގަ އެވެ. ކޮންމެ އަހަރަކުވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ކުދިން މިފަދަ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ހޯދަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.