
ރ އަދި ބ އަތޮޅުގެ ރަށްތަކުގެ ޓިކެޓް މިހާރު އޮޑިއެޕުން އޮންލައިކޮށް ފަސޭހަކަމާއިއެކު ނަގާލެވޭނެ އެވެ.
އޮޑިއެޕް އަކީ ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތަށް ފަސޭހަކަމާއިއެކު މެނޭޖް ކުރަން ތަރައްގީކޮށްފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން، އޮޑިއެޕް އެސިސްޓެންސް މެދުވެރިކޮށް ލޯންޗްތަކުގެ ބުކިންގެ އިތުރުން ޕޭމެންޓާއި، އަދި ފަސޭހަކަމާއިއެކު އީޓިކެޓް ޕަސެންޖަރުންނަށް އޮޑިވެރިޔާއަށް ފޯރުކޮށްދެވޭނެ އެވެ.
މި އެޕްލިކޭޝަން އެޕްސްޓޯރ އިން އަދި ގޫގުލް ޕްލޭ ސްޓޯއިން ޑައުންލޯޑް ކޮށްލެވޭއެވެ.
އޮޑިއެޕްއިން ނަގާ ޓިކެޓަށް އިތުރުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. އޮޑިވެރިޔާ ވިއްކާ އަގުގައި އޮޑިއެޕުން ޓިކެޓް ނަގާލެވޭނެ އެވެ. އެގޮތުން މި ސަރަހައްދުން ރ. މީދޫ ގާދޫނި ސްޕީޑްބޯޓު ދަތުރުކުރާ ހުރިހާ ދުވަސްތަކަށް ލިބެންހުރި ސީޓްތައް އޮޑިއެޕުން ޓިކެޓް ނަންގަވާއިރު ފެންނާނެ އެވެ.
އޮޑިއެޕްގެ އަމާޒަކީ ޒަމާނާއި އެއްގޮތަށް ރާއްޖޭގެ ދަތުރުފަތުރުކުރުމުގެ ވައްޓަފާޅި ބަދަލުކޮށް, ޓެކްނޮލަޖީއާއިއެކު ތަޙްޒީބީ ވިސްނުމަކުން ދަތުރުފަތުރު ފަސޭހަކޮށްދިނުމެވެ. މިގޮތުން އޮޑިއެޕުން ބ އަދި ރ އަތޮޅުގެ ރަށްތަކުގެ އިތުރުން އަރިއޮތޮޅުގެ ރަށްތަކާއި ކ. ދިއްފުށި، ވ އަތޮޅުގެ ރަށްތަތަކަށް މިހާރު ސްޕީޑް ފެރީގެ ޓިކެޓް ނަގާލެވޭނެއެވެ.
އަދި ރާއްޖޭގެ ބޭނުން ކޮންމެ ދިމާލަކަށް ޕްރައިވެޓް ހަޔާ އަށް އޮޑިއެޕްމެދުވެރިކޮށް ރިކުއެއެސްޓްކުރެވޭނެ އެވެ.
