
ބ. ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ދަ ހޯލްސް ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” އިއްޔެ ހަވީރު ފަށައިފި އެވެ.
ޖުމްލަ ހަތް ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އެފްސީ ފެލްކަން އާއި އެފްސީ އޮމެގާސް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެފްސީ އޮމަގާސްގެ މުހައްމަދު އަނޫފެވެ.
ކަމަދު ކައުންސިލުން ބުނި ގޮތުގައި މި މުބާރާތަކީ އެރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލަކޮށް، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސަވީސް ހާސް އަދި ރަނާ-އަޕް ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފަ އެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އެވެ. ޕާޓްނަރުންނަކީ ޑޯން ފްލޭސް، ޔެސް ޕްރެސް ޕާޓް، ސީނާ ވިލާ ސްޓޯރ، ފަސްމުގޫ، ކިވީ ލައިން، ދި ތައި، ކަމަދޫ އިން، ޑޯން އިންވެސްޓްމަންޓް، އިނޯވް މޯލްޑިވްސް، ސޮނެވާފުށި އަދި ސޮނެވާ ނަމޫނާ އެވެ.
މި މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
