
ބ.އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން ކޮށްފައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ ޚިލާފަށްކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
އޭދަފުށީ ކޯޓުގެ ހުކުމުގައި ވަނީ އޭދަފުށިން ގޯއްޗަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް ވަޒަން ކުރުމުގައި އެކުލަވާލި ވިލަރެސް ކޮމެޓީން، ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 13ވަނަ މާއްދާއާ ޚިލާފަށް އަމަލުކޮށްފައިވާކަން ދަޢުވާލިބޭ ފަރާތުގެ ބަހުން ސާބިތުވާކަމަށްކަމަށެވެ.
އަދި ފޯމުގައިވާ ބައިތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ ބައިން ޕޮއިންޓް ދީފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށްވާތީ ދައުވާ ލިބޭފަރާތުން ރަށުގައި ދިރިއުޅޭކަމުގެ ބައިން ޕޮއިންޓް ދިނުމަށް އަމަލުކޮށްފައިވާ އުސޫލަކީ ބާޠިލް އުސޫލެއްކަމަށް ކަނަޑައަޅައިފަ އެވެ.
މީގެ އިތުރުން ކޯޓުން މި އުސޫލު ބާޠިލު އުސޫލެއްކަމަށް ނިންމީ ވިލަރެސް ކުރާ ކޮމެޓީން އޭދަފުށީން ގޯތި ދޫކުރުމަށް ފާސްކޮށް އާންމުކޮށްފައި އޮތް އުސޫލަށް އިތުރުކުރިބައި އާންމުކޮށް އަންގާ އިއުލާންކޮށްފައި ނުވާކަމަށް ސާބިތުވާތީ ކަމަށް ވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރަށުން ބޭރުގައި ދިރިއުޅޭނަމަ ޕޮއިންޓް އުނިވާގޮތައް އޮތް އިސްލާހަކީ ބާޠިލް އިސްލާހެއްކަމަށް ކޯޓުން ކުރި ޙުކުމުގައި ވެއެވެ. އުސޫލެއް ނުވަތަ ޤަވާއިދަކަށް ބަދަލު ގެންނަނަނަމަ އެކަމެއް ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް ޝާއިއުކޮށް އާންމުނަށް ފެންނާނެހެން އިއުލާން ކުރަންޖެހެއެވެ.
އޭދަފުށީ ހިއްކި ބިމުން ފުރަތަމަ ބުރުގައި ދޫކުރަން ނިންމާފައިވަނީ 158 ގޯއްޗަށް އެދި 662 މީހަކު ކުރިމަތިލިއެވެ. އޭގެ ތެރެއިން ގޯތި ލިބޭކަމަށް ކަނޑައަޅާފައިވަނީ 631 ފަރާތެކެވެ. 31 ފަރާތެއްގެ ފޯމު ޝަރުތުހަމަނުވާކަމަށް އޭރު ވަނީ ނިންމައިފަ އެވެ.

އަދިވެސް ހޮވާ ތާކުން މީހަކު ފެންނައިރަށް