ބ. އަތޮޅު ގުރްއާން މުބާރާތް ފަށައިފި

ބ. އަތޮޅު ކައުންސިލްގެ ގުރްއާން މުބާރާތް ރޭ ފަށައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު މުބާރާތަށް ކުދިން ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލުތަކުން ސްކޫލުތަކަށާއި އަމިއްލަ ގުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތްތަކުންނެވެ. އެގޮތުން މި މުބާރާތުގައި މިއަތޮޅުގެ ނުވަ ރަށަކުން 132 މީހުން ބައިވެރިވެ އެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، މާޅޮސް، ކަމަދޫ، ދޮންފަނު، ކަމަދޫ، ދަރަވަންދޫ އަދި އޭދަފުއްޓެވެ.

އޭދަފުށީ މަލްޓިޕާޕާސް ހޯލުގައި ކުރިއަށްދާ މި މުބާރާތުގެ ކިޔެވުން ނިންމާލަން ހަމަޖައްސާފައިވަނީ މިރެ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު ކަމަށެވެ.

އަތޮޅު ގުރުއާން މުބާރާތް ބާއްވަނީ ގައުމީ ގުރުއާން މުބާރާތުގައި އަތޮޅު ތަމްސީލުކުރާނެ ކުދިން ހޮވުމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ގައުމީ ޤުރްއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.