ދިގުފަރު އައިލެންޑް ރިސޯޓް ހުޅުވައިފި

ދިގުފަރު ރިސޯޓު
ދިގުފަރު ރިސޯޓު

ބ. ދިގުފަރުވިނަގަނޑުގައި ތަރައްގީކުރި “ދިގުފަރު އައިލެންޑް ރިސޯޓް” ހުޅުވައިފި އެވެ.

ހިމާޔަތްކޮށްފައިވާ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި މިދިޔަ މަހު ހުޅުވި ރިސޯޓުގައި 30 ބީޗް ވިލާ އަދި ދިހަ ސެމީ ވޯޓާ ވޯޓާ ވިލާ ހުރެ އެވެ.

ދިގު ފަރެއްގެ މެދުގައި ބޮޑު ފަޅާކާ އެކު އޮންނަ ހިތްގައިމު ރީތި ރަށުގައި އެކި ގައުމުތަކުގެ ކާނާ ލިބޭ ގޮތަށް ތިން ރެސްޓޯރަންޓެއް ހަދާފައިވެ އެވެ. އޭގެ އިތުރުން “ތުނޑި ޕޫލް ބާ”ގެ ނަމުގައި ހާއްސަ ބާއެއް ވެސް ހުރެ އެވެ. އަދި އެ ރިސޯޓުގައި “ފުނަ ސްޕާ”ގެ ނަމުގައި ސްޕާއެއް ހުރެ އެވެ.

ދިގުފަރު ރިސޯޓު
ދިގުފަރު ރިސޯޓު

މާލެއިން ފުރައިގެން ސީ ޕްލޭނުން 45 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށުގައި ޑައިވިން ސްކޫލަކާއި މަސްދަތުރު ދިއުމާއި ކޯމަސް ބަލަން ދިއުމާއި ދޮންވެލި ފިނޮޅަށް ޕިކްނިކް ދިއުން ފަދަ ހަރަކާތްތައް ހިންގަން ރާވާފައިވާ ކަމަށް އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މަތީ ފެންވަރުގެ ދިހަ ވަރަކަށް ރިސޯޓު ހިންގަމުން އަންނަ ބ. އަތޮޅުގައި ޖޫން މަހު “ފިނޮޅު”ގެ ނަމުގައި މި އަތޮޅު ކަނިފުށީގައި ފަސް ތަރީގެ ފެންވަރުގެ ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަތޮޅުގައި އިތުރު ރިސޯޓްތައް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

dhigu-dinner13-1000x565-1

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.