
ބ. ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފި އެވެ.
މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
އެމްޓީސީސީން ބުނީ، ކަމަދޫ ބަނދަރު މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް އިއްޔެ ފަށަފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކަމަދޫ ބަނދަރު 25،636 ކިއުބިކް މީޓަރަށް ފުންކުރާނެ ކަމަށެވެ އެވެ. އަދި ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ.
ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ބަނދރު ފުންކުރުމުގެ އިތުރުން ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރާއި ބަނދަރުގެ ވަށައިގެން ޕޭވްމެންޓެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.
މި ހުރިހާ މަސައްކަތެއް 13 މަސް ދުވަހުގެ ތެރޭ ނިންމަން ޖެހޭގޮތަށް އެމްޓީސީސީ އާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކަމަދޫގެ ބަނދަރުގެ މަރާމާތަށް 47 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
