ކިހާދޫ ސްކޫލުގެ ޑިނާ ނައިޓް އަންނަ ހުކުރު ދުވަހުގެ ރޭ

ކިހާދޫ ސްކޫލުގައި ކުރިން ބޭއްވި ޑިނާ ނައިތްގެ ތެރެއިން

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑިނަ ނައިޓް އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

2010 ވަނަ އަހަރުން ފެށިގެން “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ އެންމެ ބޮޑު ހަރަކާތެކެވެ.

މިއަހަރު މި ހަރަކާތް މި ބާއްވަނީ ކޮވިޑް 19 އާ ހެދި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

ކިހާދޫ ސްކޫލުގެ ބެލެނިވެރިން މިއަހަރުގެ ޑިނާ ނައިޓަށް ތައްޔާރުވަނީ

ބ. އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ދިވެހި ރަހަތާކާއެކު ބާއްވަމުން އަންނަ މި ބޮޑު ޖާފަތަކީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މެދުގައި ވަރަށްބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ.

ކިހާދޫ ސްކޫލުގެ ބެލެނިވެރިން މިއަހަރުގެ ޑިނާ ނައިޓަށް ތައްޔާރުވަނީ

ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ކިހާދޫގެ އާންމު ރައްޔިތުންނާއި ސްކޫލުކުދިން އަދި އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މި ޑިނާ ނައިޓަށް ޒިޔާރަތް ކުރެ އެވެ.

ކިހާދޫ ރައްޔިތުން ގުޅިގެން، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު، އެތައްދުވަހެއްގެ ބުރަމަސައްކަތުން ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއެއް އެ ސްކޫލުގެ ޕީ.ޓީ.އޭ އަށް ލިބެ އެވެ.

ޑިނާ ނައިޓުގައި މިއަހަރުވެސް ޓިކެޓެއް ވިއްކަނީ 150ރ. އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.