މޯލްޑިވްސް ބިޒްނަސް ސްކޫލުން ޖެނުއަރީ އިންޓޭކަށް ހާއްސަ ޕްރޮމޯޝަނެއް!

ރާއްޖޭގައި މިވަގުތު ގިނަ ދަރިވަރުން ތައްޔާރުވަމުން ދަނީ ޖެނުއަރީމަހު ހުޅުވާލެވޭ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަކަށެވެ. އެގޮތުން މަތީތައުލީމު ހާސިލްކުރުމަށް ދަރިވަރުންނަށް ލިބުނު އެންމެ ބޮޑު ފުރުސަތަކީ ބެޗެލަރސް ޑިގްރީ ހިލޭކިޔެވޭނެގޮތް ސަރުކާރުން ހުޅުވާލުމެވެ.

ފާއިތުވި 10 އަހަރުއްސުރެ މޯލްޑިވްސް ބިޒްނަސް ސްކޫލް ދަނީ މަތީ ތައުލީމް ފޯރުކޮށްދެމުންނެވެ. ސެޓްފިކެޓް 4 ގެ ކޯސްތަކުން ފަށައިގެން މާސްޓަރސް ޑިގްރީގެ ކޯސްތަކާއި ހަމައަށް އެކި ކޯސްތައް ކުރިޔަށް ގެންދަމުންދާއިރު މި ކޮލެޖް ހާއްސަވާ އެއް ސަބަބަކީ އެހެން ކޮލެޖްތަކާއި ހިލާފަށް މި ކޮލެޖްގައި ބެޗެލަރސް ޑިގްރީ ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ ހިލޭ ޑިގްރީގެ ދަށުން އެއްކޮށް ހިލޭ ވުމެވެ. އޭގެ އިތުރުން، މާލެއަށް މިވަގުތު ދިރިއުޅުން ބަދަލު ކޮށްގެން ކިޔަވަން ކޮންމެހެން ނުޖެހި ރަށުގައި ތިބެގެންވެސް އޮންލައިންކޮށް ކޯސްތަށް ކިޔެވުމުގެ ފުރުސަތު އޮތްކަމެވެ.

އެގޮތުން މިފަހަރު ޖެނުއަރީ އިންޓޭކްގައި މޯލްޑިވްސް ބިޒްނަސް ސްކޫލުން ބައިވެރިވާ ދަރިވަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް، އެފަރާތުގެ ކޯސް މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޖެނުއަރީ 15 ގައި ކިޔެވުން ފަށާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 1 ޑިސެމްބަރު ކަމުގައި އެ ކޮލެޖްގެ ފަރާތުން ވިދާޅުވިއެވެ. އަދި ބިޒްނަސް ސްކޫލުގެ ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހަޅޭނެއެވެ.

މިވަގުތު ބެޗެލަރސް ޑިގްރީ ކިޔަވަމުންދާ ދަރިވަރުންގެ ނިސްބަތަށް ބަލާއިރު ކުރިޔަށް އޮތް 2 އަހަރެއް ތެރޭ ރާއްޖޭގެ ގިނަ ޒުވާނުންގެ އަތުގައި ބެޗެލަސް ޑިގްރީއެއް އޮންނާނެކަމާމެދު ޝައްކެތް ނެތެވެ. ވަޒީފާގެ ދާއިރާގައިވެސް ބެޗެލަސް ޑިގްރީއެއް ނެތުމަކީ ކުރިމަގުގައި ހުޅުވޭނެ ފުރުސަތުތަކެއް ގެއްލިގެން ދާނެކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.