ކަމަދޫ ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓު ގަލުގެ ދެވަނަ ޝިޕްމެންޓް ގެނެސްފި

ކަމަދޫ ބަނދަރު މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެނެސްފި އެވެ.

މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

އެމްޓީސީސީން ބުނީ،  އެ ބަނދަރު 25،636 ކިއުބިކް މީޓަރަށް ފުންކުރާނެ ކަމަށެވެ އެވެ. ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ.

އެމްޓީސީސީން ބުނީ ކަމަދޫ އާ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %92 މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ބަނދރު ފުންކުރުމުގެ އިތުރުން ބަނދަރުގައި 180 މީޓަރުގެ ބޭރު ތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލައި، 826 މީޓަރުގެ ރިވެޓްމަންޓް ޖަހައި އަދި 70 މޫރިން ރިންގް ހަރުކުރާނެ އެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރާއި ބަނދަރުގެ ވަށައިގެން ޕޭވްމެންޓެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.

މި ހުރިހާ މަސައްކަތެއް 13 މަސް ދުވަހުގެ ތެރޭ ނިންމަން ޖެހޭގޮތަށް އެމްޓީސީސީ އާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ކަމަދޫގެ ބަނދަރުގެ މަރާމާތަށް 47 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.