ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި 15 ކުދިން ބައިވެރިވާނެ: މަރުކުއްތައިސީރުލް ގުރުއާން

ބ. އޭދަފުށީގައި ހިންގާ ތައިސީރުލް ގުރުއާން މަރުކަޒު

އުއްމީދު ކުރެވެނީ ކުރީ އަހަރަށް ވުރެ ވެސް ފުރިހަމަ ކާމިޔާބީއެއް ލިބޭނެ ކަމަށް” ~ މުހައްމަދު ނަސީރު”

ފުރަތަމަ ޓާމުގެ ބަންދު ތެރޭގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބ. އޭދަފުށީގައި ހިންގާ “ތައިސީރުލް ގުރުއާން” މަރުކަޒުން 15 ކުދިން ބައިވެރިވެފައިވާ ކަމަށް އެ މަރުކަޒުން ބުނެފި އެވެ.

އެ މަރުކަޒުގެ މަސްއޫލުވެރިޔާ މުހައްމަދު ނަސީރު ވިދާޅުވީ މި މުބާރާތުގައި އެ މަރުކަޒުގެ ދަރިވަރުން 16 އަހަރުން ދަށުގެ އެކި އުމުރުފުރާތަކުގައި ބަލައިގެންނާއި ހިތުން ކިޔެވުމުގެ ގޮފީގައި ވާދަ ކުރާނެ ކަމަށެވެ.

”އުއްމީދު ކުރަނީ ކުރީ އަހަރަށް ވުރެ ވެސް ފުރިހަމަ ކާމިޔާބީއެއް ލިބޭނެ ކަމަށް. މިހާރު ވެސް މުބާރާތަށް މި ކުދިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ،” މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އެ މަރުކަޒުގެ ފަރާތުން ދަރިވަރުން ބައިވެރިވެ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި މުހައްމަދު ނަސީރު އީޓީ އަށް ވިދާޅުވި އެވެ.

އެ މަރުކަޒަކީ ތުއްތު ކުދިންނަށް ގުރުއާން ކިޔަވައި ދިނުމުގެ ކުލާސްތަކެއް ހިންގުމުގެ އިތުރުން، ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާ އާ ގުޅިގެން ބޮޑެތި މީހުންނަށް ގާރީ ކޯހެއް ވެސް ހިންގަމުން އަންނަ މަރުކަޒެކެވެ. އެ މަރުކަޒުގައި ކިޔަވާ ދަރިވަރުންނަށް ނަމާދުގައި ކިޔާ ތަކެއްޗާއި ބައެއް މުހިއްމު ދުއާ ފަދަ ތަކެތި ދަސްކޮށްދިނުމަށް ތަރުބިއްޔަތު ޕްރޮގްރާމެއް ވެސް މިދިޔަ މަހު ވަނީ ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.