ގުރުއާން މުބާރާތުން އެއްވަނަ ނާއިޝް އަދި ޝަމާއިލް އަށް

ގުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ނާއިޝްއަށް އިނާމު ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ގުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ނާއިޝްއަށް އިނާމު ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނުބަލަ ކިޔެވުމުގެ ބައިން އެއްވަނަ މުހައްމަދު ނާއިޝް އަދި ބަލައިގެން ކިޔެވުމުން އެއްވަނަ ޝަމާއިލް މުހައްމަދު ނަސީރު ހޯދައިފިއެވެ.

އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުރިއަށް ގެންދިޔަ މި މުބާރާތުގައި 119 ދަރިވަރުން ބައިވެރިވި އެވެ.

އުމުރު ފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ދެވަނަ އަބްދުﷲ ނާއިފް ނަޒީހު ހޯދިއިރު، އެ ބައިން ތިންވަނަ ހޯދީ މަރިޔަމް ނައުޝީން ޝަމީމު އެވެ.

ގުރުއާން މުބާރާތުން ނަތީޖާފާޅުކުރުމުގެ ޖަލްސާގެ ތެރެއިން.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ގުރުއާން މުބާރާތުން ނަތީޖާފާޅުކުރުމުގެ ޖަލްސާގެ ތެރެއިން.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ފާތިމަތު ޔުމްނާ އާތިފް އެވެ. ތިންވަނަ ހޯދީ އައިޝަތު ޝައިމާ އެވެ․

ގުރުއާން މުބާރާތުން ނަތީޖާފާޅުކުރުމުގެ ޖަލްސާގެ ތެރެއިން.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ގުރުއާން މުބާރާތުން ނަތީޖާފާޅުކުރުމުގެ ޖަލްސާގެ ތެރެއިން.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މީގެ އިތުރުން އުމުރު ފުރާތަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާ ޓްރޮފީއާއި ސެޓްފިކެޓް ދިނެވެ.

dsc_3497

dsc_3507

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.