އުރީދޫ ވޯލްޑް ކަޕް ފޯރި “ފޭން ޒޯން” ހުޅުވައިފި

އުރީދޫ ވޯލްޑް ކަޕް ފޯރި މާލޭގައި ތައްޔާރުކޮށްފައިވާ ފޭން ޒޯން، އާޓިފިޝަލް ބީޗް —ފޮޓޯ: އުރީދޫ

ވޯލްޑް ކަޕްގެ މެޗުތައް ބަލާލުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭހެން 200 އަށް ވުރެ ގިނަ އުރީދޫ ފޭން ޒޯން އިފްތިތާހުކޮށްފި އެވެ.

އުރީދޫން ބުނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފައިވާ ކަމަށެވެ.

ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އާޓިފިޝަލް ބީޗްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ފޭން ޒޯންތައް ހެދުމުގައި އުރީދޫ އާ ޕާޓްނަރު ވެ ބައިވެރި ވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ، މުފައްދަލް އިދްރީސް ކުމްރީ، މީޑިއާނެޓް ހެޑް އޮފް ވޯލްޑް ކަޕް ޕްރޮޖެކްޓް ޒިހުނީ ރަޝީދާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންގެ އިތުރުން އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ އެހެނިހެން ޕާޓްނަރުން ވެސް ބައިވެރިވި އެވެ.

އުރީދޫ ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި މާލެ ސިޓީ ކައުންސިލާއި ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން އުފައްދާފައިވާ ޒޯންތަކެކެވެ.

ފޭން ޒޯންތައް އިފްތިތާހުކުރުމުގެ މި ރަސްމިއްޔާތުގައި އުރީދޫ ފުޓްބޯލް ފޯރީގެ ރަސްމީ ލަވަ – އަރްހްބޯގެ ދިވެހި ވާޝަން – ލައިވްކޮށް އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރު ހަބޭސް ބޮޑުބެރުން ވަނީ ހުށަހަޅައިދީފަ އެވެ.

އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ އޮފާތަކެއް ވެސް ލޯންޗްކޮށްފަ އެވެ. މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާ ގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ލިބޭނެ އެވެ.

މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ އެޕްގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީ ގިއާ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ވެސް ލިބެ އެވެ.

އުރީދޫގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.