ބީއެމްއެލްއިން 50،000 ރުފިޔާއިން މަތީ އަދަދުތަކުގެ ޗެކް ބަލައިގަތުން ހުއްޓާލަނީ

އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަންނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 50،000 ރުފިޔާ އަދި 3،000 ޑޮލަރާ ހަމައަށް ދޫކޮށްފައިވާ ޗެކުތައް އެކަނި ބަލައިގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެމްއެމްއޭގެ ސްޓްރެޓަޖީ އާއި އެއްގޮތަށް މީގެ ފަހުން އެ ބޭންކުން ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރާއި ހަމައަށް ދޫކޮށްފައިވާ ޗެކްތައް އެކަނި ކަމަށެވެ. މި އަދަދަށް ވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަ ކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ގޮތަށް އެންމެ މަތީ ޢަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ވަނީ ބޭންކިން ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންއަށް ރަޖިސްޓާ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓާ ކުރުވޭނެކަމަށެވެސް އެބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ އިންޓާނެޓް އަދި މޯބައިލް ބޭންކިންއަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ ހިދުމަތްތަކެއްކަމަށާއި، ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތް ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.