ފައިނަލް ބުރަށް އޭދަފުށި ތިމަރަފުއްޓަށް

މިއަދު މެންދުރު އެފް.އޭ.އެމް ގައި ކުރިޔަށް ގެންދިޔަ ގުރުނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:އަލީ ޝަހީމް
މިއަދު މެންދުރު އެފް.އޭ.އެމް ގައި ކުރިޔަށް ގެންދިޔަ ގުރުނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:އަލީ ޝަހީމް

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން ފައިނަލް ބުރުގެ ގުރު ނެގުން މިއަދު އެފް.އޭ.އެމް ހައުސްގައި ބާއްވައިފިއެވެ. މިއަދު މެންދުރު 2:00 ގައި އެފް.އޭ.އެމް ގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ 8 ޓީމް ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ. ގްރޫޕް 1 ގެ މެޗުތައް ދ. ކުޑަހުވަދޫގައި ކުޅެން ނިންމާފައިވާއިރު ގްރޫޕް 2 ގެ މެޗުތައް ކުޅެން ނިންމާފައިވަނީ ތ. ތިމަރަފުށީގައެވެ.

ގްރޫޕް 1 ގައި ކުޑަހުވަދޫއާއެކު އެންމެފަހުގެ ޗެމްޕިއަން ފޭދޫގެ އިތުރުން ދެން ހިމެނުނީ މަހިބަދޫ އަދި ދެއްވަދޫއެވެ. ގްރޫޕް 2 ގައި ހިމެނުނީ ތިމަރަފުށި، އޭދަފުށި، ލަންދޫ އަދި ހަނިމާދޫ އެވެ. މުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗު ނޮވެމްބަރ 7 ވަނަ ކުޑަހުވަދޫގައި ކުޅެން ނިންމާފައިވާއިރު ދެވަނަ ސެމީ ނޮވެމްބަރ 8 ވަނަ ދުވަހު ކުޅޭނީ ތ. ތިމަރަފުށީގައެވެ. މިފަހަރު ފައިނަލް މެޗު ކުޅެން ނިންމާފައިވަނީ ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހު މާލޭގައެވެ.

މުބާރާތުގައި އޭދަފުށި ކުޅެން ޖެހޭ ފުރަތަމަ މެޗުގައި އޮކްޓޯބަރ 29 ވަނަ ދުވަހު ބައްދަލުކުރާނީ ހަނިމާދޫއާއެވެ. ދެވަނަ މެޗުގައި ނޮވްމެބަރ 1 ވަނަ ދުވަހު ލަންދޫއާ ވާދަކުރާއިރު ގްރޫޕްގެ ފަހު މެޗުގައި އޭދަފުށި ނިކުންނާނީ ނޮވެމްބަރ 4 ވަނަ ދުވަހު ތިމަރަފުއްޓާއެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތުގައި އެފް.އޭ.އެމް އިން ބުނީ މުބާރާތުގެ ފައިނަލް މެޗު މާލޭގައި ކުޅެން ނިންމީ ފޯރި ގަދަކުރުމުގެ ގޮތުންކަމަށާއި، މިފަހަރުގެ ޗެމްޕިއަން ޓީމަށްވެސް އަންނަ އަހަރުގެ ޤައުމީ މުބާރާތުން ޖާގަ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސެމީ ފައިނަލްގެ ދެމެޗުވެސް ލައިވް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އެފް.އޭމް.އެމް އިން ބުނެއެވެ.

މުބާރާތުގެ ޝެޑިޔުލް
މުބާރާތުގެ ޝެޑިޔުލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.