ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.
މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ހަރަކާތްތަކުގެ ތެރެއިން ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.
ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ.
ސްމޯލް ގްރާންޓަށް ހޮވުނު 8 ޖަމިއްޔާ
- މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (އެމްއޯޕީއޭ)
- ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
- ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ)
- ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް (ކުރެވި)
- ވިމެން އިން ފުވައްމުލައް
- ސްމޯލް އައިލެންޑް ރިސާރޗް ގްރޫޕް
- ހުވަދޫ އެއިޑް
- ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)
މި ފަންޑަށް ހުށަހެޅުނު ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ އެވެ.