
ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި ބ. ކިހާދުއަކީ ނަމޫނާއެއް ކަމަށާއި މުޅި ރާއްޖެއަށް އެ ނަމޫނާ ދައްކާފައިވާކަމަށް މިނިސްޓަރު އޮފް އެންވަޔަރންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއެޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބ.އަތޮޅުގެ 7 ރަށަކާއި ނ.އަތޮޅުގެ 3 ރަށަކާއި ހދ.މަނުކުނުދޫ ހިމެނޭހެން ކިހާދޫގައި ހުންނަ ޓިވެކް ސެންޓަރުގެ ހޯލުގައި އިއްޔެ ބޭއްވި ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ބައްދަލުވުމުގައެވެ.
އިއްޔެގެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ކިހާދޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނަމޫނާ ރަށެއްކަމަށާއި، އެކަން އެންމެ ބޮޑަށް ފެނިގެންދިޔައީ އެރަށު ކުނިކޮށީގައި ނުވަތަ އީކޯ ސެންޓްރޯގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަށް ފަހު ކަމަށެވެ.
ސޮނޭވާ ނަމޫނާގެ ދަށުން ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ މި އެގާރަށާއެކު ބޭއްވި ޕެނަލް ޑިސްކަޝަންއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ކެއުން އޮތީ ކިހާދޫ ކުނިކޮށީގަ އެވެ. މިނިސްޓަރު ވިދާޅުވީ ތަނުގެ ސާފު ތާހިރުކަމާއި އެއްވަރަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރާއްޖޭގެ އެހެން ރަށްރަށުގައި ނުކުރާހައި ރައްކާތެރިކަމާއެކު ކަމަށާއި އެކަން ހާސިލް ކުރުމަށް ސަރުކާރުން ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް ކައުންސިލްތަކަށް ފޯރުކޮށްދޭނެކަމަށެވެ.
“ކުނިކޮށްޓެއް ކަމަށް އިހުސާސް ނުވޭ އެއީ އެހާ ސާފުތާޙިރު އެތަން އަދި ކުނި ނައްތާލުމުގައި ގެންގުޅޭ އުސޫލާ ރައްޔިތުންގެ އެއްބާރުލުން އެކަމުގައި ލިބޭ މިންވަރު ވަރަށްބޮޑަށް ފެނިގެން ގޮސްފި” ޝައުނާ ވިދާޅުވިއެވެ.
މި ރަށްތަކުގެ ކައުންސިލް ރައީސުން ވަނީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ބައްދަލުވުމުގައި މި ލަނޑުދަނޑިތައް މިނިސްޓަރުންނަށް ހުށަހަޅައި، ލިޔުމެއްގައި ސޮއިކޮށްފަ އެވެ.
މި ލަނޑުދަނޑިތައް އެކުލަވާލާފައިވަނީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގައި ކުރިއަށް ހުރި މަސައްކަތް ރާވަން ސޮނެވާ ފުށީގައި ބޭއްވުނު ވޯކްޝޮޕެއްގަ އެވެ.
ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ:
- އަންނަ އަހަރު ނިމުމުގެ ކުރިން، ރަށު ފެންވަރުގައި ރިސައިކަލް ކުރެވޭ ޒާތުގެ ހުރިހާ ކުންޏެއް ވަކިކުރުމަށްފަހު އެއްކުރުން އަދި އެތަކެތި ސާފުކުރުން
- ރަށްރަށުގައި ނޮން-އޯގަނިކް ކުނި ހާމައަށް އެންދުން ހުއްޓާލުން
- މި ރަށްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން ކުރުން
- ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ސްޕެޝަލިސްޓުން ހޯދައި ތަމްރީނުކޮށް، ރަށްތަކުގެ ތެރޭގައި އެ ތަޖުރިބާ ހިއްސާކުރުން
- ރަށްތައް ގުޅިގެން ކުނި މަދުކުރުމަށް ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދިނުން
މީގެ އިތުރުން ރަށު ކައުންސިލް ރައީސުން ވަނީ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށާއި ރަށުތެރެއަށް އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. މިގޮތުން ސިޔާސަތު ކަނޑައަޅާ ލެވަލްގައި 13 ކަމެއް ކުރަން ކައުންސިލަރުން ސަރުކާރަށް ހުށަހަޅާފައިވެ އެވެ.
ސޮނެވާ ނަމޫނާ އަކީ ރާއްޖޭގައި ކުނީގެ ގޮތުގައި ބާކީ ކުރެވޭ ތަކެތި މަދުކޮށް، ބާރުވެރި ޒީރޯ ވޭސްޓް މުޖުތަމައުތަކެއް އުފެއްދުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ.
ސޮނެވާ ނަމޫނާގައި ހިމެނެނީ ބ. އަތޮޅުގެ ރަށްތަކެއް ކަމަށްވާ ކިހާދޫ، ދޮންފަނު، މާޅޮސް، ދަރަވަންދޫ، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫ އެވެ. ނ. ކުޑަފަރި އާއި ޅޮއްސާއި، މަގޫދޫގެ އިތުރުން ހދ. މަކުނުދޫ އެވެ.
