ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ އަށް

ދިވެހި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އަށް ސްޕޯޓްސް ކޮމިޝަނަރު ޑޭވް އިނާމް ދެއްވަނީ
ދިވެހި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އަށް ސްޕޯޓްސް ކޮމިޝަނަރު ޑޭވް އިނާމް ދެއްވަނީ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޓީސީ ސްޕޯޓްސް ކްލަބްގެ ޢަލީ ފާސިރު (ސެންޓޭ) އަށް ލިބިއްޖެއެވެ.

ސެންޓޭ އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ދީފައިވަނީ ރޭ ކުޅުނު ލީގުގެ ފަހު މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައެވެ.

އޭދަފުއްޓަށް އުފަން ސެންޓޭ ވަނީ މިފަހަރުގެ ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޓީސީން ލީގުގެ ދެވަނަގައި ނިންމާލިއިރު ސެންޓޭ ވަނީ ގިނަ މެޗުތަކެއްގައި މުހިއްމު ގޯލްތަކެއް ޖަހާފައެވެ. މި ސީޒަންގައި މިހާތަނަށް ޖެހި 29 ގޯލާއެކު ސެންޓޭ އުޅެނީ ލަނޑު ލިސްޓުގެވެސް ކުރީގައެވެ. މީގެ އިތުރުން މިފަހަރުގެ ލީގުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ސެންޓޭއެވެ.

މިއީ ސެންޓޭ އޭނާގެ އެންމެ ރަގަޅު ފޯމުގައި ކުޅޭ ސީޒަނެވެ. މީގެ ކުރިން 2014 ވަނަ އަހަރުވެސް ސެންޓޭވަނީ ނިއުރޭޑިއަންޓުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ސީޒަންގައި ސެންޓޭ ވަނީ 26 ގޯލް ޖަހާފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން އަސްލު ކުޅުން ގެއްލިފައިވަނިކޮށް ސެންޓޭގެ ވިދުން މިފަހަރު ގަދަވީ ޓީސީއާއި އެކުއެވެ.

ސެންޓޭ މި ހޯދި ކާމިޔާބީއަށް އީޓީގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.