
އަގު ހުރި އިނާމުތަކާއެކު އުރީދޫ މޯލްޑިވްސްއިން، އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި، ގޭމް ކުޅޭ މީހުންނަށް، ހާއްސަކޮށްގެން ބާއްވާ ޓޯނަމެންޓެކެވެ.
މި މުބާރާތުގައި އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ޝައުގުވެރިވާ ފަރާތްތަކަށް، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓަރު ކުރެވޭނެއެވެ.
މި މަހު 16ވަނަ ދުވަހު ފަށާ މި މުބާރާތް އޮންނާނީ، މާލެއާއި، ފުވައްމުލަކާއި، އައްޑޫ އަދި ކުޅުދުއްފުށީގައެވެ.
މުބާރާތުގެ ބައިވެރިން، ގްރޫޕް ސްޓޭޖާއި ނޮކް އައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް ހަތަރު މަރުހަލާއެއްގައި ވާދަކުރާނެއެވެ.
މުބާރާތް ކުރިއަށްދާނީ، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށެވެ.
މި ޓޯނަމަންޓުން އެއްވަނައަށް ދާ ބައިވެރިއަކަށް، ނިކާއީ 65″ ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީއެއް ހަދިޔާއެއްގެ ގޮތުގައި ލިބޭނެއެވެ.
ދެވަނަ އަށްް ކީބޯޑަކާއި، މައުސްއެއްގެ އިތުރުން މައުސް ޕެޑަކާއި ހެޑްފޯނެއް ލިބޭނެއެވެ. އަދި ތިންވަނައަށްް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް ޗެނަލް ސައުންޑް ބާއެކެވެ.
އުރީދޫއިން ބުނީ މި މުބާރާތަކީ މިހާރު ކުރިއަށްދާ ގަތަރު ވޯލްޑްކަޕްގެ ފޯރި އިތުރަށް ގަދަކޮށް، ވާދަވެރި ރޫހެއް އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެއްކަމަށެވެ.
އުރީދޫ ނޭޝަން ފީފާ މުބާރާތް ބާއްވަނީ، އީޓުއެސް ގޭމިންއާއި ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެންނެވެ.
