އޭދަފުށީ ކައުންސިލާ ގުޅިގެން ކްލަބް އޭދަފުށިން ބާއްވާ ބެޑްމިންޓަން މުބާރާތް އިއްޔެ ފަށައިފިއެވެ.
އޭދަފުށި ބެޑްމިންޓަން ޗެލެންޖު ގެ ނަމުގައި އިއްޔެ ހަވީރު ފެށި މި މުބާރާތުގައި 80 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ.
ކްލަބް އޭދަފުށިން ބުނި ގޮތުގައި މި މުބާރާތުގެ މަގުސަދަކީ އޭދަފުށީގައި ބެޑްމިންޓަން ކުރިއަރުވައި އަދި މި ކުޅިވަރު ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މުބާރާތްކުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.
މި މުބާރާތުގައި ޓީމު އިވެންޓްގެ އިތުރުން ފިރިހެން އަދި އަންހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސް މެޗުތައް ކުޅޭނެ އެވެ. މެޗުތައް ކުޅެނީ ހަވީރާއި ރޭގަނޑު އޭދަފުށީ ޔޫތު ސެންޓަރު އިންޑޯ ބެޑްމިންޓަން ކޯޓްތަކުގަ އެވެ.
ކްލަބް އޭދަފުށިން ވަނީ މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅިގެން ވެސް ފޯރިގަދަ ބެޑްމިންޓަން މުބާރާތެއް ބާއްވައިފަ އެވެ.