އޭދަފުށީ ކައުންސިލާ ގުޅިގެން ކްލަބް އޭދަފުށިން ބާއްވާ ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓްގެ މެޗުތައް މިއަދު ހަވީރު ފަށައިފި އެވެ.
އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރު މި މުބާރާތުގެ ޓީމު އިވެންޓް ބައިގައި ވާދަކުރަނީ ކްލަބް ޖަމިއްޔާ ތަކެވެ.
ހަވީރު އެމްވީ ޔުނައިޓެޑް އާއި ވެސްޓް ވިންގްސް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު 4-1 އިން ކާމިޔާބުކުރީ އެމްވީ ޔުނައިޓެވެ. ދަ ބިގިނާސް އާއި ސީސީ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބު ކުރީ ދަ ބިގިނާސް އެވެ.
މި މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅޭނެ އެވެ.
ފުރަތަމަ މެޗުގައި މާދަމާ ހަވީރު ދަ ބިގިނާސް އާ ދެކޮޅަށް ނުކުންނާނީ އެމްވީ ޔުނައިޓެޑް އެވެ. ދެވަނަ މެޗުގައި މާދަމާ ރޭ ވެސްޓި ވިންގްސް އާ ދެކޮޅަށް ނުކުންނާނީ ސީސީ އެވެ.
މި މުބާރާތުގެ އޯޕަން އިވެންޓްގެ މެޗުތައް އިއްޔެވަނީ ނިމިފަ އެވެ. އޯޕަން އިވެންޓްގައި 80 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.