އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ އަހަރު އޮތް އަތޮޅު ފުޓްބޯޅަ މުބާރާތުގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް އަތޮޅު ފުޓްބޯޅަ މުބާރާތުގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

ބ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އޭދަފުށި ޔޫތް ޑިވެލޮމަންޓް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބ.އެޓޯލް ފުޓްބޯލް ޖެލެންޖްގައި ބައިވެރިމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މުބާރާތް އިންތިޒާމް ފަރާތުން އީޓީއަށް މަޢުލޫމާތު ދެމުން ބުނީ މުބާރާތުގައި ބައިވެރިވާ ބޭނުންވާ ރަށްރަށުން އަންނަ ނޮވެމްބަރ މަހުގެ 2 ވަަނަ ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ސިޓީއާއި ބައިވެރިވުމުގެ ފީ ޔޫ ސްޕޯޓްސް އަށް ހުށަހަޅަން ޖެހޭނެކަމަށެވެ. މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ އެންމެ ޓީމަކަށެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުއެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ. މިދިޔަ އަހަރު ބޭއްވި ބ. އެޓޯލް ފުޓްބޯލް ޗެލެންޖު ކާމިޔާބުކުރީ ފެހެންދޫ ފުޓްބޯޅަ ޓީމެވެ.
މިއީ މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ.

މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7772861 އަދި 9999038 އަށް ގުޅުއްވުމަށް އެފަރާތުން މައޫލޫމަތުދެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.