ބ. އަތޮޅުގެ ދެ ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި

ބ. އަތޮޅުގެ ދެ ރަށް ހިމެނޭގޮތަށް ރާއްޖޭގެ 15 ރަށެއްޖެ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފި އެވެ.

ބ. އަތޮޅުން މެޖިސްޓްރޭޓުން ހޯދަނީ ދަރަވަންދު އާއި ގޮއިދޫ ކޯޓަށެވެ.

ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން އިސް މެޖިސްޓްރޭޓުން ހޯދަންކުރި އިއުލާނުގައި ބުނެފައި ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މަގާމަށް ކުރިމަތިލުމަށެވެ.

ދަރަވަންދުއާއި ގޮއިދޫގެ އިތުރުން އިސް މެޖިސްޓްރޭޓުން ހޯދަން، އިއުލާނު ކޮށްފައިވާ ރަށްރަށަކީ، ހދ. ނޮޅިވަރަން، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް. ނ.ވެލިދޫ، ޅ.ހިންނަވަރު، ކ.ކާށިދޫ، އއ.މާޅޮސް، ވ.ފުލިދޫ، މ.މުލައް، ފ.ފީއަލީ،ގއ.ގެމަނަފުށީ، ގއ.ދާންދޫ، ގދ.ރަތަފަންދޫ، ގދ.ފަރެސްމާތޮޑާ އެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޖޭއެސްސީ އިން ޝަރުތު ކޮށްފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮގުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުމެވެ. ނުވަތަ ފަނޑިޔާރުކަމުގެ މަގާމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

އިސްމެޖިސްޓްރޭޓުންގެ މުސާރައަކީ 21،000ރ. އެވެ. އޭގެ އިތުރުން، އެލަވެންސް ލިބޭނެ ކަމަށް ބުނެފައި ވެއެވެ. އަދި މި މަގާމަށް ކުރިމަތިލާ މީހާއަކީ 25 އަހަރު ފުރިފައިވާ މީހަކަށް ވާން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.