
ކްލަބް އޭދަފުށިން އޭދަފުށީ ކައުންސިލާ ގުޅިގެން ބޭއްވި އޭދަފުށީ ބެޑްމިންޓަން ޗެލެންޖުގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑުން ހޯދައިފި އެވެ.
ފައިނަލްގައި، ވެސްޓް ވިންގްސް ޓީމުގެ މައްޗަށް ރޭ ޓީމު އެމްވީ ޔުނައިޓް އިން ކާމިޔާބު ހޯދީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި ހަތަރު ޓީމު ވާދަކުރި އެވެ.
ކޮންމެ ޓީމެއްގައި އަންހެން ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ސިންގަލްސް އާއި ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތައް ވެސް ކުޅެފައި ވެއެވެ.
ކްލަބް އޭދަފުށިން ބުނި ގޮތުގައި މި މުބާރާތުގެ މަގުސަދަކީ އޭދަފުށީގައި ބެޑްމިންޓަން ކުރިއަރުވައި އަދި މި ކުޅިވަރު ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މުބާރާތްކުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.
3 ސެޓުންތަ ނުވަތަ 3 މެޗުންތަ؟ ބެޑްމިންޓަންގައި ސެޓް ކިޔަނީ ކޮންމެވެސް އެއްކޮޅަކަށް 21 ޕޮއިންޓު ލިބިގެން ނިމޭ ނިމުމަށް. މެޗެއްގައި ކުޅޭނީ ގިނަވެގެން 3 ސެޓް. އޭގެތެރެއިން 2 ސެޓް ލިބޭ މީހަކު ނުވަތަ ޑަބަލްސް މެޗެއްނަމަ ޕެއަރއެއް އެ މެޗުން މޮޅުވާނީ. އޭގެ 3 މެޗުން މޮޅުވާ ކްލަބެއް އެ ބުރުގައި އެ 2 ކްލަބުގެ ތެރެއިން މޮޅުވާނީ. 3 ސެޓަކުން ނޫން. 3 މެޗުން މޮޅުވާ ކްލަބެއް މޮޅުވާނީ.