![](https://www.eydhafushitimes.com/live/wp-content/uploads/2022/12/viber_image_2022-12-22_12-40-09-437-1024x683.jpg)
ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު އޮތް އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހިތާދޫ ބަނދަރުގެ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 88 ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ހިތާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 17.70 މިލިއަން ރުފިޔާ އަށެވެ.
ހިތާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 19،030 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 495 މީޓަރުގެ ބޭރުތޮށިލުމާއި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1،750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
![](https://www.eydhafushitimes.com/live/wp-content/uploads/2022/12/750x150-Eydhafushi-November.png)