5000 އަށްވުރެ ގިނަ ދުވުންތެރިންނާއެކު އުރީދޫ ފަން ރަން ނިންމާލައިފި

ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަ ކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލަރ ރަން އްޕްގްރޭޑްކޮށް އާ ކަންތައްތަކާއެކު އުރީދޫ ފަން ރަން 5000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު އިއްޔެ ނިންމާލައިފިއެވެ.

އުރީދޫ ފަން ރަން އިން ފޯރިގަދަ ކަލަ ރަންގައި ފެނިގެން ދާ ކުލަ ޖެހުމުގެ އިތުރުން މަޖާ އިންފްލޭޓަބަލް އޮބްސްޓެކްލްސް ގެ އިތުރުން ރަން ނިންމާ ބައިވެރިން ފެނާއި ފޯމް ޕާޓީއަކުން 5 ކިލޯމީޓަރު ހަމަ ކުރުމުގެ އުފާ ފާހަގަކުރަމުންދިޔައެވެ.

މި ދުވުން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އޮނަރަބަލް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އައި ޗީފް އެގްޒެކެޓިވް އޮފިސަރު، ޚާލިދު އަލް ހަމާދީ އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ފަން ރަން ގެ ދުވުންތެރިންނާއެކު ނެގި ސެލްފީއަކުންނެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން އަކީ 2022 ވަނަ އަހަރަށް ވަރަށް ފުރިހަމަ ނިމުމެއް ކަމަށެވެ.

“ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ފަން ރަން އަކީ އަހަރު ނިމުމަކަށް ގެނެސް، އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެކު މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ބާއްވާ ދުވުމެއްކަމަށް  މިއަހަރުގެ ދުވުމަކީ ޕެންޑެމިކަށްފަހު އުރީދޫ މޯލްޑިވްސްއިން ބޭއްވި ފުރަތަމަ ފިޒިކަލް ރަން ކަމަށް ވީ އިރު ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ފެނުނު އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.”

އުރީދޫން ބުނިގޮތުގައި އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.  މި ހަރަކާތަކީ މަޖާ 5ކޭއެއްގެ ގޮތުގައި އާ އަދި ތަޖުރިބާކާރު ދުވުންތެރިންނަށް ވެސް މި އުފަލުގައި ބައިވެރިވުމަށް މަރުހަބާ ކިޔާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮންމެ ކިލޯމީޓަރެއް ދުވުމުން ކުލަޖަހާ ތަފާތު ފަން ސްޓޭޝަންތަކާއި އެކު ދުވުން ނިންމާލައިފައިވަނީ ވޯޓާ ފައުންޓޭނަކާއި ފޯމް ޕާޓީއަކުންނެވެ. އުރީދޫ ފަން ރަންގެ ބައިވެރިން ދުވުން ނިންމާލާފަރާތްތަކަށް ބޭއްވި ފޯމް ޕާޓީއާއެކު ސޯޝަލް މީޑިއާގައި ވަނީ ރަން ގެ މެޑަލްތަކާއި އުފާފާޅުކުރުމުގެ ހިތްގައިމު ފޮޓޯތަކުން ފުރިފައެވެ.

އުރީދޫ ފަން ރަންގެ ދެވަނަ އެޑިޝަން އަންނަ އަހަރު ބޭއްވުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރާއްޖޭގެ ސަރަޙައްދުތަކަށް ފުޅާކޮށް، މި މަޖާ ހަރަކާތުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނޭކަމުގެ ޔަގީންކަން އުރީދޫއިން އަރުވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.