ބ. އަތޮޅު ކިހާދު މޯލްޑިވްސް ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
މިއަދު މެންދުރުފަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 25 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ.
ފުލުހުންގެ ބުނިގޮތުގައިި މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ، މިއަދު ހަވީރު 4:00 ހާއިރު އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
އެ ފިރިހެން މީހާ މިއަދު ހަވީރު 5:00 ހާއިރު ބ. އަތޮޅު ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ އެ ރިސޯޓުގައި ގަޑިއެއްހާއިރު ފަރުވާ ދިނުމަށްފަހު އެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.