އެލައިޑުގެ ކޮމިއުނިޓީ ފަންޑުގެ އެހީ ބ. އަތޮޅުގެ ތިން ރަށަކަށް

އެލައިޑުގެ އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކުގެ ނަންތައް އިއުލާނުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން— ފޮޓޯ/ވަން އޮންލައިން

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތްދެމުން އަންނަ އެލައިޑުން މިއަހަރު ތައާރަފުކުރި އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑްގެ ޕްރޮޕޯސަލް ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފި އެވެ.

އޭގެ ތެރޭގައި މިއަތޮޅުން ހިމެނެނީ އޭދަފުށީ ފޭޅި ޖަމިއްޔާ އާއި ބ. އަތޮޅު މަދަރުސާ އަދި ހިތާދޫ ސްކޫލެވެ.

އެލައިޑުން ބުނިގޮތުގައި މި ފަންޑިން ޕްރޮގްރާމަށް ހޮވާފައިވާނީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި މުޖުތަމައަށް ފައިދާކުރުވަނިވި ޕްރޮޖެކްޓުތަކެވެ. އެގޮތުން މި ފަހަރުގެ ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ޖުމުލަ ހަތަރު ޕްރޮޖެކްޓެއް ހޮވާފައިވާއިރު އެއިން ކޮންމެ ޕްރޮޖެކްޓަކަށްވެސް 50،000 ރުފިޔާ ފަންޑުކޮށްދޭނެއެވެ.

ކޮމިޔުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތައް ކާމިޔާބުކުރި ޖަމިއްޔާތައް:

  • ގއ. ކޮނޑޭ ކިއްސަރު ޖަމިއްޔާ
  • ގދ. ހޯޑެއްދޫ ހޯޑެއްދޫ ސްޕޯޓްސް
  • ބ. އޭދަފުށީ ފައުންޑޭޝަން އޮފް ޔޫތް ލިންކޭޖް
  • ރ. ކިނޮޅަހު ޖަމިއްޔަތުލް އިއްތިހާދު

މީގެ އިތުރުން އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވަނީ އަށް ސްކޫލަކުން ހިންގާ ޕްރޮޖެކްޓްތަކަށެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކަށްވެސް އެލައިޑުން 25،000ރ. ފަންޑުކޮށްދޭނެއެވެ.

އެޑިއުކޭޝަން ފަންޑުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތައް ކާމިޔާބު ކޮށްފައިވަނީ:

  • ބ.އަތޮޅު ސްކޫލް، (ދަރަވަންދޫ)
  • ށ.ފީވަކް ސްކޫލް
  • ލ.އަތޮޅު ސްކޫލް، މާބައިދޫ
  • ކޮނޑޭ ސްކޫލް، ގއ.ކޮޑޭ
  • ރ.ހުޅުދުއްފާރު ސްކޫލް
  • ގދ ތިނަދޫ އަބޫބަކުރު ސްކޫލް
  • ބ.ހިތާދޫ ސްކޫލް
  • ހއ ބާރަށު ސްކޫލް

ފޭލި ޖަމިއްޔާއިން މި ޕްރޮޕޯސަލް ކާމިޔާބުކޮށްފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސެން ކްލާސްރޫމް އަދި ޕްރީ ސްކޫލް ކްލާސްތައް ތަރައްގީކުރުމަށެވެ.

ބ. އަތޮޅު މަދަރުސާ އަދި ހިތާދޫ ސްކޫލުން މި ޕްރޮޖެކްޓްގެ އެޑިޔުކޭޝަން ފަންޑިންގެ ޕްރޮޕޯސަލް ކާމިޔާބުކުރީ އެ ސްކޫލްތަކުގަިއ ލައިބްރަރީއެއް ގާއިމުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.