އެޑިޔުކޭޝަން މިނިސްޓަރު ބ. އަތޮޅަށް ވަޑައިގަންނަވަނީ

medium_78690

ބ. އަތޮޅުގެ ސްކޫލުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް މާދަމާ ބ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، މިނިސްޓަރު މާދަމާ ދަރަވަންދޫ އާއި ކުޑަރިކިލު އާއި ކަމަދޫގެ އިތުރުން ކެންދޫ އަށް ވަޑައިގަންނަވާނެ އެވެ. އަދި ބުރާސްފަތި ދުވަހު މާޅޮސް އާއި އޭދަފުށި، ކިހާދޫގެ އިތުރުން ދެން ވަޑައިގަންނަވާނީ ދޮންފަނަށެވެ.

މި ދަތުރުފުޅުގައި ބ. އަތޮޅުގެ ދެނުކު ބިތުގެ ރަށްރަށަށް މިނިސްޓަރު ވަޑައިގަންނަވާނީ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

މި ރަށްރަށަށް ވަޑައިގެން ސްކޫލުތަކުގެ ސީނިއާ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ އަދި ކައުންސިލުތަކާ މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޓީމަކާއި ބައެއް މީޑިޔާތައްވެސް ބައިވެރިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު މިދިޔަ އަހަރުވެސް ވަނީ ބ. އަތޮޅުގެ ބައެއް ސްކޫލުތަކަށް ވަޑައިގެންފަ އެވެ. ނަމަވެސް ޑރ އައިޝަތު ޝިހާމު އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭދަފުއްޓަށް ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.