ގިފްޓް ކާޑާއި ކޯޑު ފަސޭހައިން ގަނެވޭ ގޮތް އުރީދޫން ހަދައިފި

އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކެރެޑިޓް/ޑެބިޓް ކާޑާ ނުލާ އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް ކާޓީ ސްޓޯރު މެދުވެރިކޮށް ފަސޭހަކާއެކު ބައްލަވައިގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ ކާޓީ ސްޓޯރު މެދުވެރިކޮށް ގޭމިން، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިން ޕްލެޓްފޯމްތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު މިހާރު ގަނެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އާއި ކަރްތީގެ ޕާޓްނަޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާޓީ ސްޓޯރުން ޕޯސްޓްޕެއިޑް ކަސްޓަމަރުން ގެ ބިލުގައި ހިމަނާ ގޮތަށް ޚިދުމަތް ހޯދޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާޓީ ސްޓޯރުން ތަކެތި ގަތުމަށް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑު ގަތުމަށް:

 1. ބޭނުންވާ ގިފްޓް ކާޑް ޚިޔާރުކުރޭ
 2. ގައުމުގެ ގޮތުގައި މޯލްޑިވްސް ޚިޔާރުކުރޭ
 3. މޮބައިލް އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ޚިޔާރުކުރޭ
 4. މޯބައިލް ނަންބަރު ޖެހުމަށްފަހު ޕާޗޭސް އަށް ފިތާލާ
 5. ޕަޗޭސް ފުރިހަމަ ކުރުމުން ޔަގީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބޭނެ
 6. ޕިން ނަންބަރު ޖެހުމަށްފަހު ކޮންފާމް އަށް ފިތާލާ
 7. ޕިން ނަންބަރު ރަގަޅަށް ޖެހުމުން ގަތް ކާޑު “މައި ކާޑްސް” އިން ފެންނާނެ

ކާޓީ ސްޓޯރަށް ސައިންއަޕް ކުރުމަށް:

 1. www. kartistore.com އަށް ޒިޔާރާތްކުރޭ
 2. ރެޖިސްޓަ ކުރުމަށް ސައިންއަޕް ލިންކަށް ފިއްތާލާ
 3. ރެޖިސްޓްރޭޝަން ފުރިހަމަކުރުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލް ގައިވާ ލިންކްއަށް ފިއްތާލާ
 4. އެކައުންޓް އެކްޓިވޭޓް ކުރެއްވުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.