އޭލެވެލް ނަތީޖާއިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ބޮޑު ކާމިޔާބީއެއް

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ބޭއްވި އޭ ލެވެލް އިމްތިހާނުން ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ވެސް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެހެން އަހަރުތަކަށް ވުރެ މި އަހަރު، ގެ އޭލެވެލް އިމްތިހާނުން އެ ސްކޫލުން ހޯދީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. އެގޮތުން އޭލެވެލް މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވެސް ތިން މާއްދާ ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

އޯލެވެލް އަދި އޭ ލެވެލް އިމްތިހާނުން އަބަދު ވެސް މޮޅު ނަތީޖާތަކެއް ހޯދާ ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އޭލެވެލް ހެދި 31 ކުދިންގެ ތެރެއިން 14 ކުއްޖަކު ރާއްޖޭގެ ގަދަ 10 އަށް އަރާފައިވެ އެވެ. އެ ތަނުން، ތިން މާއްދާއިން އޭ ސްޓާ އަދި ދެ މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ތިން ވަނައަށް، އެ ސްކޫލްގެ މުހައްމަދު ނާއިޝް ހިމެނިފައިވެ އެވެ.

އަދި ދެ މާއްދާއިން އޭ ސްޓާ އާއި ތިން މާއްދާއިން އޭ ފާސް ހޯދައިގެން ތިން ކުއްޖަކު 4 ވަނައިގައި ހިމެނިފައެވެ އެވެ. އެއީ ހިދާޔާ އަބްދުލްހަމީދު އާއި މުހައްމަދު ނާހިލް އަހްމަދު އަދި ރަފާހު މުހައްމަދެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ދިވެހި، އިސްލާމް، އެކައުންޓިން، އިކޮނޮމިކްސް، ބިޒްނަސް ސްޓަޑީޒް އަދި ބައޮލޮޖީ މާއްދާގައި އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ އެ މާއްދާތަކުން ފާސްވެފަ އެވެ. އަދި ކެމިސްޓްރީން 93 ޕަސެންޓް ކުދިން ފާސްވި އިރު، މެތުސް އާއި ޕޒިޒކްސް އިން ފާސްވި ދަރިވަރުންގެ އަދަދު އުޅެނި 83 ޕަސެންޓްގަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ ޓީޗަރުންކޮށްދެއްވާ ބުރަ މަސައްކަތް ދަރިވަރުންނާ ބެލެނިވެރިން ހެޔޮހިތުން ބަލައިގަތުމެވެ. އަދި ޓީޗަރުންނަށް މިނިވަންކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުން ކަމަށްވެސް އެ ސްކޫލުން ބުނެ އެވެ.

ދަރިވަރުން އިމްތިހާނުތަކަށް ތައްޔާރުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ކޮންމެ އަހަރަކުވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.