އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މާދަމާ ބ. އަތޮޅަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެއްވި މި ދަތުރުފުޅުން ދެން އޮންނާނީ އަންނަ ނޮވެމްބަރު 2-6 އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ސްކޫލުތަކުގެ ސީނިއާ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ އަދި ކައުންސިލުތަކާ ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު މިދިޔަ އަހަރުވެސް ވަނީ ބ. އަތޮޅުގެ ބައެއް ސްކޫލުތަކަށް ވަޑައިގެންފަ އެވެ. ނަމަވެސް ޑރ އައިޝަތު ޝިހާމު އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭދަފުއްޓަށް ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.