ލަކްސް ރިސޯޓުން “އަމާން ވެށި” މަރުކަޒުތަކަށް 20،000 ޑޮލަރު ހަދިޔާކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަ ކުދިން ބަލަހައްތާ “އަމާންވެށީ” މަރުކަޒުތަކަށް ސައުތު އަރި އެޓޯލް ރިސޯޓުން ރިސޯޓުން 20،000 ޑޮލަރުގެ ހަދިޔާކޮށްފި އެވެ.

އެ ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަދިޔާގައި ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު މުހައްމަދު ދީދީ އެވެ. ލަކްސް ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ރިސޯޓުގެ ޖެނެރަކް މެނޭޖަރ ޖޯން ރޮޖާސް އެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި މި އެހީ ބޭނުންކުރުމަށް ނިންމާފައިވަނީ އަމާން ވެށިތަކުގައި ކުދިން ބެލެއްޓުމަށް ބޭނުންވާ މުވައްޒަފުން ބިނާކުރުމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް މުޖްތަމައުގެ ލޯތްބާއި އަޅާލުން ލިބޭނެ ގޮތް ހެދުމުގެ މަގްސަދުގައި ފަސް އަތޮޅެއްގައި ވަނީ އަމާންވެށި ގާއިމުކޮށްފަ އެވެ. އެއީ ބ. އޭދަފުއްޓާއި ށ. ފުނަދޫ އާއި ފުވައްމުލައް، ނ. މަނަދޫ އަދި ހއ. ދިއްދޫގެ އިތުރުން ށ. ފުނަދޫގަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދުއިސައްތައެއްހާ ކުދިންގެ ތެރެއިން 80އަށްވުރެ ގިނަ ކުދިން މިހާރު ދިރިއުޅެމުން އަންނަނީ އަތޮޅުތަކުގެ އަމާން ވެށި ތަކުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.