ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފި

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ލިބުނު އެތްލީޓުންނާ އެކު ބީއެމްއެލްގެ ސީއީއޯ–ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފި އެވެ.

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕްއަކީ އެ ބޭންކްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާ ހުރި މުހިއްމު 12 ހަރަކާތުގެ ތެރެއިން ތައާރަފުކުރި ސްކޮލާޝިޕެކެވެ.

މި ސްކޮލާޝިޕް ހުޅުވާލީ އެތުލީޓުންގެ ހުނަރު ކުރިއަރުވާ، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

ސްޕޯޓްސް ސްކޮލާޝިޕަށް ހޮވުނު އެތުލީޓުން

1. އެތްލެޓިކްސް ދާއިރާއިން މަރިޔަމް ރޫޔާ އަލީ

2. އެތްލެޓިކްސް ދާއިރާއިން މުހައްމަދު މިންހާލް ޝާމިން

3. ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު ސާލިމް އަބްދުއްސަމަދު

4. ބެޑްމިންޓަން ކުޅުންތެރިޔާ ޝުބާ މުހައްމަދު ޝަރީފް

5. ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް

6. ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދު

7. ޓެނިސް ކުޅުންތެރިޔާ ލަޔާން މުހައްމަދު ޝާމިން

ސްކޮލާޝިޕަށް ހޮވުނު އެތުލީޓުން އިއުލާނު ކުރީ މިއަދު ހެނދުނު މާލޭ ޓޭބަލް ޓެނިސް ހޯލުގައި ކުރިޔަށް ދިޔަ ހަފުލާއެއްގަ އެވެ.

މި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އާއި އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ބައިވެރިވި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ސްކޮލާޝިޕަށް ހުޅުވާލީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. ސްކޮލާޝިޕަށް އެތުލީޓުން ހޮވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.