ބަށި މުބާރާތުގައި މި ފަހަރު 5 ޓީމު

މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ގޮއިދޫ އާއި އޭދަފުށި ކުޅުނު މެޗުގެ ތެރެއިން -- އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ގޮއިދޫ އާއި އޭދަފުށި ކުޅުނު މެޗުގެ ތެރެއިން — އީޓީ ފައިލް ފޮޓޯ

ބ. އަތޮޅަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ބާއްވާ ބަށި މުބާރާތުގައި 5 ރަށަކުން ބައިވެރިވެއްޖެ އެވެ.

މިއީ މިދިޔަ އަހަރަށް ވުރެ އެއް ރަށް މަދު އަދަދެކެވެ.

އަންނަ މަހު 11 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫގެ އިތުރުން އޭދަފުށި، މާޅޮސް، ހިތާދޫ އަދި ކިހާދޫންނެވެ.

ފޯރިގަދަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. އަދި ރަނަރަޕް ޓީމަށް ވަނީ 15،000ރ. ވަނީ ހުށަހަޅައިފަ އެވެ. މިއީ އަތޮޅު ކައުންސިލުން މި މުބާރާތް ބާއްވާ 3 ވަނަ އަހަރެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

މުބާރާތުގައި ބައިވެރިވާ ރަށްތަކުން ޓީމު ލިސްޓު މާދަމާގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.