
ކްލަބް އޭދަފުށިން ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި މަސައްކަތް ކުރާނެ ކޯޗުން ހޯދަން އިއުލާން ކޮށްފި އެވެ.
ކްލަބް އޭދަފުށީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އެ ކްލަބުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޕްރޮގްރާމުގައި މަސައްކަތް ކުރާނެ ދަށްވެގެން ޑީ ލައިސަންސް ލިބިފައިވާ 4 ކޯޗުން ބޭނުންވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ކޯޗުންގެ މުސާރައިގެ ގޮތުގައި ނަގައިދޭ ކޮންމެ ސެޝަނަކަށް ކަނޑައެޅިފައިވާ ގޮތަށް އުޖޫރަ ލިބޭއިރު، ހަފްތާއަކު ތިން ސެޝަން އަދި ކުދިންގެ އެވޭލަބިލިޓީއަށާއި ޕްރޮގްރެސްއަށް ބަލައި އިތުރު ސެޝަންތައް ވެސް ނަގަން ޖެހިދާނެކަމަށް ކަމަށް ކްލަބް އޭދަފުށީން ބުންޏެވެ.
ކްލަބް އޭދަފުއްޓަކީ އޭދަފުށީ ކުޅިވަރުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ކުޅިވަރުގެ ތެރެއިން އޭދަފުށި އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި 2018 ވަނަ އަހަރު ވުޖޫދުކުރި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން މިހާރު އަންނަ އަންނަނީ ބެޑްމިންޓަން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ.