ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓްތަކުގެ ތެރޭގައި އަނަންތަރާ

އަނަންތަރާ ކިހަވައް ވިލާސް
އަނަންތަރާ ކިހަވައް ވިލާސް

ދުނިޔޭގެ އެންމެ މަގުބޫލް ރިސޯޓްތަކުގެ ތެރޭގައި ބ. އަތޮޅު ހިންގަމުން އަންނަ އަނަންތަރާ ކިހަވައް މޯލްޑިވަސް ވިލާސް ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް އަދި ޓޫރިޒަމް މަޖައްލާ ކޮންޑެ ނާސްޓްގެ ކިޔުންތެރިންގެ މެދުގައި ނަގާ ވޯޓުން ދޭ ރީޑާސް ޗޮއިސް އެވޯޑްތަކުގެ ތެރެއިން އަނަންތަރާ ހިމެނިފައިވަނީ 2 ވަނައިގަ އެވެ.

އަނަންތަރާގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު 50 ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރު ދެ ރިސޯޓެއް ވަނީ ހިމެނިފަ އެވެ. އެއީ 17 ވަނައިގައި ހިމެނުނު ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް އަދި 28 ވަނަ ލިބުނު ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓެވެ.

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އެވޯޑް ހަފުލާގައި އަނަންތަރާ ކިހާވަށް ރިސޯޓަށް ވަނީ އިންޑިއާ ކަނޑުގެ އެންމެ މޮޅު ރިސޯޓްގެ އެވޯޑް ވެސް ލިބިފަ އެވެ.

އަނަންތަރާ ކިހަވައް ވިލާސް
އަނަންތަރާ ކިހަވައް ވިލާސް

ކޮންޑެ ނާސްޓް އިން ދޭ އެވޯޑަކީ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް އެވޯޑެވެ. މިއީ އެންމެ މަގުބޫލް އެއް އެވޯޑަށް ވެފައިވާ އިރު، މިއަހަރުގެ އެވޯޑްތައް ހޮވާފައިވަނީ 300،000 އަށް ވުރެ ގިނަ ކިޔުންތެރިންގެ ވޯޓުންނެވެ. އަދި ދުނިޔޭގެ 606 ސިޓީއެއްގެ 7،394 ހޮޓަލާއި 500 ކްރޫޒް ލައިނާ އަދި 236 ޖަޒީރާ ރަށުން މި އެވޯޑަށް ވާދަކުރި އެވެ.

އެންމެ މަގުބޫލް ރިސޯޓުތަކުގެ ތެރޭގައި އަނަންތަރާ ކިހަވައް ވިލާސް ހިމެނުނު އިރު، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދޭ އެކި ފެންވަރުގެ ގިނަ އެވޯޑުތައް އެ ރިސޯޓަށް އަބަދު ވެސް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.