ހަނިފަރު ފަރަށް އެރި އުޅަނދު ފުން ނުކުރެވިފައި

ހަނިފަރު ފަރަށްއެރި އުޅަނދު ފުންނުކުރެވިފައި
ހަނިފަރު ފަރަށްއެރި އުޅަނދު ފުންނުކުރެވިފައި

ބ. އަތޮޅުގައި ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ހަނިފަރު ފަރަށްއެރި އުޅަނދު އަދިވެސް ފުން ނުކުރެވޭ ކަމާށައި އެ އުޅަނދު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެފި އެވެ.

އެ އުޅަނދު ހަނިފަރު ފަރަށް އެރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަރަވަންދޫ ފުރައިގެން މާލެ ދިޔަ މަގުމަތީގަ އެވެ. އެނގިފައިވާ ގޮތުގައި އެ އުޅަދަކީ ރ. އަތޮޅު ރިސޯޓަކަށް މުދާ ސަޕްލައި ކުރާ އުޅަނދެކެވެ.

އުޅަނދު ފުންކުރުމަށް މާބޮޑު މަސައްކަތްތަކެއް ކުރާކަމަކަށް ނުވެ އެވެ. ނަމަވެސް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ބަޔޮސްފިއާ ރިޒާވް އޮފީހުގެ ޓީމެއް ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ހަނިފަރު ސަރަހައްދު ބަލަހައްޓަމުން އަންނަނީ ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަޔޯސްފިޔާ ރިޒާވްގެ އޮފީހުންނެވެ. އަދި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ހަނިފަރު ސަރަހައްދަށް ވަދެ ވެސް ނޫޅެވެ އެވެ.

 

ss

ގާނޫނާއި ހިލާފު ވުމާއި ތިމާވެއްޓަށް ގެއްލުންދިނުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ ހިލާފަށް ކުރާ ކަންތައްތަކުގެ ތެރެއިން އާއްމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތަކަށް ދެވޭ އަދަބީ އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފަސް ރުފިޔާއިން ފެށިގެން 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެ އެވެ. އަދި މި މާއްދާގެ (ހ)ގައި ބުނެފައިވާފަދަ ކަންތައްތައް ފިޔަވައި މި ގާނޫނާ ހިލާފަށް ކުރާ ބޮޑެތި ކަންތައްތަކަށް ދެވޭ އަދަބަކީ، އެކަމެއްގެ ކުޑަ ބޮޑު މިނަަށް ބަލައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުުރުމެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން އެތައްހާސް ޑޮލަރެއް (3.85 މިލިއަން ރުފިޔާ ނުވަތަ 250000 އެމެރިކާ ޑޮލަރު) ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.