އަހަރުގެ ފަހު އިމްތިހާން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. މިއަހަރުގެ ފަހު އިމްތިހާން މިއަދުވަނީ ފަށާފައި
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. މިއަހަރުގެ ފަހު އިމްތިހާން މިއަދުވަނީ ފަށާފައި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރުގެ ފަހު އިމްތިހާން ފަށައިގެން ކުރިއަށް އެބަދެ އެވެ.

އެ ސްކޫލުގައި މިއަދު ޓެސްޓް ފަށައިފައި ވަނީ ގްރޭޑް 8 ން މަތީގެ ކްލާސްތަކަށެވެ. ގްރޭޑް 7 ގެ ދަރިވަރުންނަށް ޓެސްޓް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން އަހަރުގެފަހު އިމްތިހާނަށްފަހު ރިޕޯޓް ދީ މި އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ނޮވެމްބަރު 17 ގަ އެވެ. އެއަށް ފަހު ދަރިވަރުންނަށް މިއަހަރުވެސް ގާތްގަނޑަކަށް ދޮޅު މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 8ގަ އެވެ.

އަހަރުގެ ފަހު އިމްތިހާން މިއަދު ފެށިއިރު މި އަހަރު އޯ-ލެވެލް ހަދާ ދަރިވަރުންގެ ކެމްބްރިޖް އިމްތިހާނު ވެސް އެ ސްކޫލުގައި މިހާރު ކުރިއަށް އެބަ ދެ އެވެ. އޯ-ލެވެލް އިމްތިހާން ނިމޭނީ ނޮވެމްބަރު 16 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.