“މޯލްޑިވިއަން އައިޑޮލް” އޭދަފުށީ އޮޑިޝަން ހޮނިހިރު ދުވަހު

maldivian1-1

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ “މޯލްޑިވިން އައިޑޮލް” ސީޒަން ދޭއްގެ އޮޑިޝަން އަންނަ ހޮނިހިރު ދުވަހު އޭދަފުށިގައި ފަށަން ނިންމައިފި އެވެ.

އޮޑިޝަން އޮންނާނީ އޭދަފުށީ މަލްޓީޕާޕަސް އިމާރާތުގަ އެވެ. އޮޑިޝަން ފަށާނީ ހެނދުނު 10:00 ގަ އެވެ.

ޕީއެސްއެމުން އެމުން ބުނި ގޮތުގައި އޮޑިޝަންގައި ބައިވެރިވާން އެސްއެމްއެސްކޮށްފައިވާ މީހުންގެ އިތުރަށް، މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން އެ ގަޑިއަށް މަލްޓިޕާޕަސް ބިލްޑިން އަށް ދިއުމުން އޮޑިޝަންގައި ބައިވެރިވޭނެ އެވެ.

މޯލްޑިވިއަން އައިޑޮލް 2 އޭދަފުށީ އޮޑިޝަންގެ އެންމެފަހުގެ ތައްޔާރީތައް ވުމަށްޓަކައި ޕީއެސްއެމްގެ އެޑްވާންސް ޓީމެއް އިއްޔެ ވަނީ އޭދަފުއްޓަށް އައިސްފަ އެވެ. އެ ޓީމަށް މޯލްޑިވިއަން އައިޑޮލްގެ ޓައިޓަލް ސްޕޮންސަރު ދިރާގުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޕީއެސްއެމް އިން ކުރިއަށް ގެންދާ “މޯލްޑިއަން އައިޑޮލް 2” ގެ އައްޑޫ/ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށީ އޮޑިޝަން މިހާރުވަނީ ނިމިފަ އެވެ. ދެން އޮޑިޝަންތައް ކުރިއަށް ދާނީ މާލެ އާއި ލ. ގަމުގަ އެވެ.

“މޯލްޑިވިއަން އައިޑޮލް 2″ ގެ ޖަޖުންގެ ތެރޭގައި މި ފަހަރު ވެސް ކުރީ ސީޒަންގެ ދެ ޖަޖުން ހިމެނެ އެވެ.

އެއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އެވެ. ތިން ޖަޖުން ހިމެނޭ ޕެނަލުން އަހުމަދު އިބްރާހީމް (އައްމަޑޭ) ބާކީކޮށް، ޕެނަލާ މި ފަހަރު ގުޅުނީ އަރަމުން ޒުވާން ލަވަ ކިޔުންތެރިޔާ އިސްމާއީލް އައްފާނެވެ.

ދިރާގުން މި ފަހަރު ވެސް ޓައިޓްލް ސްޕޮންސަރުކަން ނަގާފައިވާ “މޯލްޑިވިއަން އައިޑޮލް 2” ގެ ޕްރެޒެންޓަރުންނަކީ ކުރީ ސީޒަންގެ ވެސް ޕްރެޒެންޓަރު މޫސާ ވަސީމާއި މި ފަހަރު އަލަށް ގުޅުނު މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.