
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ދޭއްގައި އޭދަފުށި ފުޓްސަލް ޓީމު މިރޭ އިނގުރައިދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
މި ޒޯންގައި ހިމެނެނީ ނ. ރ އަދި ބ އަތޮޅެވެ. ނ. އަތޮޅުން މުބާރާތުގައި ޓީމެއް ވާދަނުކުރާތީ ޒޯންގައި ކުޅޭނީ އޭދަފުއްޓާއި އިނގުރައިދޫ ވާދަކުރާ ދެ ލެގުގެ މެޗެކެވެ. ޒޯންގައި ދެ ޓީމު އޮތުމާ އެކު މި ދެ ޓީމު ވެސް ވަނީ ގަދަ 16 އަށް ހޮވިފަ އެވެ.
އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދީ ބ. އަތޮޅު ބުރުގެ ފައިނަލުގައި ފެހެންދޫ 2-1 އިން ބަލިކޮށްގެންނެވެ. އޭދަފުއްޓާއި ފެހެންދޫގެ އިތުރުން ތުޅާދޫ އާއި ކެންދޫ އަތޮޅު ބުރުގައި ވާދަކުރި އެވެ.
އިނގުރައިދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ ރ. އަތޮޅު ބުރުގެ ފައިނަލުގައި ދުވާފަރު ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ދުވާފަރު ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި އިނގުރައިދޫ ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ.
އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިނގުރައިދޫ ޓީމުގައި ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ފުޓްސަލްގައި އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ.
ޒޯންގެ ދެވަނަ ލެގްގެ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. ފުރަތަމަ ލެގްގެ މެޗު މިރޭ ފަށާނީ 9 ޖަހާއިރު އެވެ. މި މެޗަކީ އޭދަފުށީގެ ހޯމް މެޗެވެ.
Eheetherikan foaru kohdhevidhaane but elibey eheethakah vaagotheh neyngeyne. Dhrivarakah thikamun libeyne manfaaeh oiykamakah nudheken