
ބ. ފަރެހުގައި، ތައިލެންޑުގެ އަވާނީ ހޮޓެލްސް އެންޑް ތަރައްގީކުރާ ރިސޯޓު އަންނަ މަހުގެ 1 ގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ތައިލެންޑުގެ އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އިން 70 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރާ އެ ރިސޯޓް ވެގެންދާނީ އަވާނީން ރާއްޖޭގައި ހުޅުވާ އަވާނީގެ ބްރޭންޑްގެ ފުރަތަމަ ރިސޯޓަށެވެ.
“އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓު”ގެ ނަމުގައި ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ތަރައްގީކުރާ މި ރިސޯޓުގައި 176 ކޮޓަރީގެ މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަ ވޯޓަ ވިލާތައް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާއެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް ރިސޯޓްގައި ހަދާނެ އެވެ.

ދަރަވަންދޫ އެއާޕޯޓުން ފުރައިގެން 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަރެހަކީ 12.4 ހެކްޓަރުގެ ރަށެކެވެ.
އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ރާއްޖޭގައި ހިންގާ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑް ގެ ވެސް މައި ކުންފުނި ކަމަށްވާ ތައިލޭންޑުގެ މައިނާ ހޮޓެލްސްގެ ބުރޭންޑެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި އަނަންތާރާ ބްރޭންޑްގެ ތިން ރިސޯޓު ހިންގަމުންނެވެ.