އޭދަފުށި ފުޓްބޯޅަ ޓީމް ތިމަަރަފުއްޓަށް ފުރައިިފި

މިއަަދު ހެނދުނު ތިމަރަފުއްޓަށް ދިޔުމަށްޓަކާ އޭދަފުށި ފުޓްބޯޅަ ޓީމް ފުރައިގެން ދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަަދު ހެނދުނު ތިމަރަފުއްޓަށް ދިޔުމަށްޓަކާ އޭދަފުށި ފުޓްބޯޅަ ޓީމް ފުރައިގެން ދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިނިވަން ޗެންޕިއަންޝިޕްގެ ފަައިނަލް ބުރު ކުޅުުމަށްޓަކައި އޭދަފުށި ފުޓްބޯޅަ ޓީމް މިއަދު ހެނދުނު ތިމަރަފުއްޓަށް ފުރައިފިއެވެ.

މިއަދު ހެނދުނު 8 ޖެހި އިރު އޭދަފުށިން ފުރައިގެން ޓީމް ފުރަތަމަ ގޮސްފައިވަނީ މާލެއެވެ. ތިމަރަފުއްޓަށް ދިޔުމަށް ފުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރު 1 ޖަހާއިރުއެވެ. ފުޓްބޯޅަ ޓީމް ފުރުމުގެ ކުރިން އޭދަފުށި ކައުންސިލުގެ ރައީސާ ނާޒްނީން ޔޫސުފް ވަނީ ޓީމްގެ ކުޅުންތެރިންނާ އޮފިޝަލުންނާ ބައްދަލުކޮށް ޓީމަށް ހިތްވަރުދެއްވާފައެވެ.

މި މުބާރާތުގެ ފައިނަލް ބުުރުގައި އޭދަފުށި ޓީމާއެކު ގްރޫޕް ބީ ގައި އޮތީ ލަންދޫ ، ހަނިމާދޫ އަދި ތިމަރަފުއްޓެވެ. މިމަހު 28 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލް ބުރުގައި އޭދަފުށި ޓީމް ކުޅެން ޖެހޭ ފުރަތަމަ މެޗް އޮތީ 29 ވަނަ ދުވަހު ހަވީރު ހދ.ހަނިމާދޫ އާދެކޮޅަށެވެ. ދެވަނަ މެޗް ނޮވެމްބަރ 1 ގައި ނ.ލަންދޫ އާދެކޮޅަށް ކުޅޭ އިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ނޮވެމްބަރ 4 ވަނަ ދުވަހު ނިކުންނާނީ ގްރޫޕް ބީގެ މެޗްތަށް ކުޅޭ ރަށްކަމަށްވާ ތިމަރަފުއްޓާ ދެކޮޅަށެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ފުރަތަމަ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ކުޑަހުވަދޫގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލް އަންނަ މަހު އަށް ވަނަ ދުވަހު އޮންނާނީ ތިމަރަފުށީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.