
ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އޭލެވެލް ދަރިވަރުން ފުވައްމުލަކާއި އައްޑުއަށް ފުރައިފި އެވެ.
މި ދަތުރުގައި އިސްކޮށް ބައިވެރިވާ އެ ސްކޫލުގެ ލީޑީން ޓީޗަރ ޝާހިދާ އަބްދުލްގަފޫރު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުގައި އެ ސްކޫލުގެ ގްރޭޑް 11 އަދި 12 ގައި ކިޔަވާ 52 ދަރިވަރުންނާއި 4 ބެލެނިވެރިންގެ އިތުރުން ތިން އޮފިޝަލުން ބައިވެރިވެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރާ މި ދަތުރުގައި، އެ ދެ ސިޓީގެ ސްކޫލުތަކަށާއި އަތޮޅުގައި ހުރި ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ މައުލޫމާތުވެސް އެއްކުރާނެއެވެ.

މީގެ އިތުރުން މިދަތުރުގައި ފުވައްމުލައް އަދި އައްޑޫ ހައި ސްކޫލުގެ އޭލެވްލް ދަރިވަރުންނާއެކު މާއްދާތަކާގުޅޭ ސެޝަންތަކެއް ވެސް ކުރިއަށްދާނެ ކަމަށް ޝާހިދާ ވިދާޅުވި އެވެ.

ޝާހިދާ ވިދާޅުވީ މިދަތުރަށް ބެލެނިވެރިންނާއި މޯލްޑިވިއަން އާއި އޭދަފުށީ ކައުންސިލުގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.
ތިކަން އަދި ޚާއްޞަ ކޮށް ކަންތައް ބޮޑު އެއްރަށް އޮންނާނެ ޅ. އަތޮޅުގަ. އެރަށު ބެލެނިވެރިން ލައްވާ ޚަރަދު ކުރުވަނީ. ދެން ސްޕޮންސަރ ހޯދުން އޮންނީ.. ސްކޫލުން ނުދޭ އެއްވެސް ޚަރަދެއް