
ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި އޭދަފުށި މިރޭ ދ. ކުޑަހުވަދޫއާ ވާދަކުރާނެ އެވެ.
މި ދެޓީމު ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކުރީ ކުޑަހުވަދޫ އެވެ. އެހެންވެ މިއީ މިދިޔަ އަހަރު މި ދެޓީމު ވާދަކުރި މެޗުގެ ރިޕީޓެކެވެ.
އޭދަފުށި ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ދެވަނަ ބުރުގައި ފުވައްމުލަކު ދަނޑިމަގު 0-2 އިން ބަލިކޮށްގެންނެވެ. އޭގެކުރިން އޭދަފުށިން ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ދޭއްގެ ދެވަނަ ހޯދާފަ އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދީ ފެހެންދޫ އަތުން 1-2 އިން މޮޅުވެގެންނެވެ. އެކަމަކު ޒޯން ފައިނަލުގައި ރ. އިނގުރައިދޫއާ ވާދަކުރި ދެ މެޗުގެ އެގްރިގޭޓުން 5-1 އިން ބަލިވި އެވެ.
ކުޑަހުވަދޫ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ށ. ކަނޑިތީމު 2-1 އިން ބަލިކޮށްގެންނެވެ. ކުޑަހުވަދޫ އިން ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. ޒޯން ޗެމްޕިއަންކަން އެޓީމު ހޯދީ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ތ. ތިމަރަފުށި ބަލިކޮށްގެންނެވެ.
މިރޭގެ މެޗުގެ ކުރިން އޭދަފުށި ފުޓްސަލް ޓީމުން ބުނީ ސެމީ ފައިނަލުގެ ޖާގައަކަށް ޓީމުން ކުރާ އުއްމީދު ހަގީގަތަކަށް ހެދުމަށް ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށެވެ.
“ކުރިން މެޗުތަކުގައި ވެސް ސަޕޯޓަރުންގެ އެހީ ލިބުނު. މިރޭ ބޭނުންވަނީ އޭދަފުށީގެ ސަޕޯޓަރުންގެ އަޑާއެކު ޓީމަށް ހިތްވަރު ލިބެން. މާލެ ސަރަހައްދުގައި ތިބި އޭދަފުށީގެ އެންމެންވެސް މިރޭ ދަނޑަށް ގޮސް ޓީމަށް ތަރުހީބުދީފި ނަމަ ޓީމަށް އިތުރު ޖޯޝެއް ލިބިގެންދާނެ” މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އޭދަފުށި ފުޓްސަލް ޓީމުގެ އޮފިޝަލެއް ބުންޏެވެ.
މިރޭ ކުއާޓާ ފައިނަލުގެ ހަތަރު މެޗު ކުޅޭނެ އެވެ. 8 ޖަހާއިރު ކުޅޭ އެއް މެޗުގައި ކުޅޭނީ ރ. އިނގުރައިދޫ އާއި ހދ. ނައިވާދޫ އެވެ. އެގަޑީގައި ކުޅޭ އަނެއް މެޗުގައި ތިމަރަފުއްޓާއި ލ. ގަން ވާދަކުރާނެ އެވެ.
އޭދަފުއްޓާއި ކުޑަހުވަދޫ ވާދަކުރާ މެޗު ގްރައުންޑް ދޭއްގައި ފަށާނީ 9 ޖަހާއިރު އެވެ. ހަމަ އެގަޑީގައި މާފަންނު އާއި ގދ. ވާދޫ ކުޅޭނެ އެވެ.
އޭދަފުށީ ބަލިވާ މެޗްތަކުގެ ވާހަކަ މިނޫހުން ނުފެންނާތީ ހިތާމަކުރަން. ކުޑަހުވަދޫއިން ޕެނަލްޓީ ޖަހައިގެން އޭދަފުށި ވަނީ ބަލިކޮށްފައި.