ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައަޅައިފި

ފިތުރު ޒަކާތުގެ ގޮތުގައި 1444 ވަނަ އަހަރު ދައްކަންޖެހޭ އަދަދުތައް އިސްލާމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފިއެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމަކުމެ، ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުން އީދު ވިލޭރެއާއި އީދު ދުވަހު ކާނޭތަކެތި ހުރެފައި އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން އެ މުޖުތަމައުގައި އުޅޭ ފަގީރުންނަށް ދިނުން ފަރުޟް ކުރައްވާފައިވާ އެއްޗެކެވެ.

ފިތުރު ޒަކާތް ނެރުން ވާާޖިބުވާ ވަގުތަކީ، ރަމަޟާން މަހުގެ ފަހުދުވަހުގެ އިރު އޮއްސުމާއެކުއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ދައްކަން ޖެހޭ އަދަދުތައް ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވާ އެކި ބާވަތްތަކަށް ކަނޑައަޅާފައިވާ އަދަދުތަކަކީ:

  • އާދައިގެ ހަނޑޫ – 12 ރުފިޔާ
  • އާދައިގެ ފުށް – 12 ރުފިޔާ
  • އާޓާ ފުށް – 75 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ – 84 ރުފިޔާ
  • ރަތް ހަނޑޫ – 99 ރުފިޔާ
  • ބާސްމަތީ އާދައިގެ ހަނޑޫ – 84 ރުފިޔާ
  • ބާސްމަތީ މޮޅު ހަނޑޫ – 100 ރުފިޔާ
  • ބާސްމަތީ އެންމެ މޮޅު ހަނޑޫ – 125 ރުފިޔާ

ފިތުރު ޒަކާތް ނެރުން ވާޖިބުވެގެން ވަނީ، އޮއްޓަރުހުރި ގޮވާމުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ގޮދަން، ބިންބި، ކުދިބަތް ފަދަ އާއްމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.